ނޫސްވެރިކަމުގެ ނާޖާއިޒް ފައިދާ ނަގައި، ކޯޓު އަމުރާ ޚިލާފުވާނަމަ ފިޔަވަޅު އެޅޭނެ: ހީނާ
ނޫސްވެރިކަމުގެ ނާޖާއިޒް ފައިދާ ނަގައި، ކޯޓު އަމުރާ ޚިލާފުވާނަމަ ފިޔަވަޅު އެޅޭނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހީނާ މިފަދައިން ވިދާޅުވެފައި ވަނީ، މީޑިއާތަކަށް އޮންނަ މިނިވަންކަމާ ގުޅޭގޮތުން އާންމުންގެ މެދުގައި ދެކެވެމުންދާ ވާހަކަތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން އޮތީ އެއްވެސް ހިފެހެއްޓުމެއް ނެތި ތަންމިނަށް ހުޅުވާލެވިފައި ކަމަށެވެ. އަދި މީޑިއާތަކަށް އެއްވެސް ހުރަހެއް ކުރިމަތިނުކުރާނެ ކަމަށާއި، ޚިޔާލުފާޅުކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު މުޖުތަމަޢުގައި އަބަދުވެސް އޮންނާނެއެވެ.
އެހެންނަމަވެސް، ނޫސްވެރިކަން ކުރުމުގައިވެސް ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރުމަކީ ނުހަނު މުހިންމު ކަމެއްކަން ވަޒީރު ހީނާ ވަނީ ހަނދާންކޮށްދެއްވާފައެވެ. ވަކިން ޚާއްޞަކޮށް، ޝަރުޢީ ނިޒާމުގެ ދަށުން ނެރެފައި ހުންނަ އަމުރުތަކަށް ބޯލެނބުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް ލާޒިމުކަމަކަށްވާއިރު، އެފަދަ އަމުރުތަކާ ފުށުއަރާ ގޮތަށް ޢަމަލުކުރާ ކޮންމެ ފަރާތަކަށް ޤާނޫނުތަކުގައި ކަނޑައެޅިފައިވާ އަދަބުތައް ލިބޭނެކަން ވަޒީރު ވަނީ ބަޔާންކޮށްދެއްވާފައެވެ.