އިލެކްޝަންސް ކޮމިޝަންއަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ގާނޫނީ ލަފާ ދޭނެ ބަޔަކު ހޯދަނީ
އިލެކްޝަންސް ކޮމިޝަންއަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ގާނޫނީ ލަފާ ދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންއިން މިއަދު ކުރި އިއުލާންގައި ބުނީ ގާުނޫނީ ބޭނުންވަނީ ގާނޫނީ ލަފާ އެއް އަހަރަށް ދޭނެ ފަރާތެއް ކަމަށެވެ.
އެހެންވެ ޝަރުތު ހަމަވާ އެންމެހާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅޭނެ ކަމަށާއި އަންނަ މަހުގެ އެއްވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ބީލަށް ހުޅުވުން އޮންނާނެ ކަމަށް ވެސް ބުންޏެވެ.
އެކަމަށް އެދި ކުރިމަތިލުމުގެ ޝަރުުތުތަކުގެ ތެރޭގައި ސިޔާސީ މީހެއް ކަމުގައި ނުވުމާއި އެފަދަ ކަންކަމުގައި ބައިވެރިވާ މީހަކަށް ވެސް ނުވުމާއެކު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ މީހެއް ކަމުގައި ވުމާއެކު އެ ކޯޓުގައި ވަކާލާތުކުރުމުގައި ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވުން ވެސް ހިމެނެއެވެ.
އާންމުކޮށް ސަރުކާރުގެ ބޮޑެތި އިދާރާތަކުގައީ ގާނޫނީ ވަކި ޓީމެއް އޮންނަ ޑިޕާޓްމަންޓެއް އޮވެއެވެ. ނަމަވެސް އިލެކްޝަންސްއިން ވަގުތީ ގޮތުން ގާނޫނީ ލަފާ ހޯދަން ނިންމި ސަބަބެއް ސާފެއް ނުވެއެވެ.
ފަހަކަށް އައިސް ސިޔާސީ ޕާޓީތަކުގެ އެކި މައްސަލަތައް އިތުރުވަމުންދާ އިރު އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އަޅާއިރު ގާނޫނީ ލަފާއަކީ ވަރަށް މުހިންމު އެއްޗެކެވެ.