ޚަބަރު

އެލައިޑްގެ ގިވްއަވޭތަކެއް: އެޕަލް ޕްރޮޑަކްޓްސް ކޮޅެއް ބޭނުންތަ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި މޭ މަހު އެލައިޑް އިންޝުއަރަންސުން ވަރަށް އަގުހުރި ދެ އިނާމެއް ސޯޝަލް މީޑިއާގައި އެބަ ދޫކޮށްލައެވެ. އެޕަލް ވޮޗް ސީރީސް 11 ގެ ގަޑިއަކާއި، އެޕަލް އެއާޕޮޑްސް ޕްރޯ 3 އެއް ބޭނުން ހެއްޔެވެ؟

Ads by Allied

އެއާޕޮޑްސް ޕްރޯ 3 ހޯދާނެ ގޮތް:

22 މޭ 2026 ވާ ހުކުރު ދުވަހު "އެލައިޑް ހުޅުމާލެ ރަން 2026" އޮންނާނެއެވެ. ހާފް މެރެތަން، 10 ކިލޯމީޓަރު، 5 ކިލޯމީޓަރު، އަދި ކުޑަކުދިންގެ 1 މޭލު ދުވުމެއް އޮންނާނެއެވެ. 10 މޭ 2026 ގައި މި ދުވުމުގައި ރެޖިސްޓްރީވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. އެކަމަކު މި ދުވުމުގެ އެންމެ ބޮޑު ސަޕޯޓަރު އިންސްޓަގްރާމުން ހޯދަން އެލައިޑުން ބޭނުންވެއެވެ. އެއީ އޭނާ ހޯދައި، އޭނާއަށް އެއާޕޮޑްސް ޕްރޯ 3 އެއް ދިނުމަށެވެ.

އެލައިޑް ހުޅުމާލެ ރަން 2026 ގެ އެންމެ ބޮޑު ސަޕޯޓަރަށް ވުމަށް ކުރަންޖެހޭ ކަމަކީ، އެލައިޑްގެ އިންސްޓަގްރަމް ފޮލޯކޮށް، އަދި "އެލައިޑް ހުޅުމާލެ ރަން 2026" އާ ގުޅޭގޮތުން އެލައިޑުން ކުރާ ހުރިހާ ޕޯސްޓެއް (އެލައިޑުން ޕޯސްޓުކުރާތާ 24 ގަޑިއިރު ތެރޭގައި) އިންސްޓަގްރަމް ސްޓޯރީގައި ޝެއާކުރުމެވެ. ހުރިހާ ޕޯސްޓެއް ޝެއާކުރާ ފަރާތަކީ އެލައިޑް ހުޅުމާލެ ރަންގެ އަލްޓިމޭޓް ސަޕޯޓަރެވެ. އެކަކަށް ވުރެ ގިނަ ފަރާތްތަކުން ވެސް މި ޝަރަފު ހޯދައިފި ނަމަ، އެއާޕޮޑްސް ލިބޭ ފަރާތެއް ކަނޑައަޅާނީ ގުރުއަތުންނެވެ. މިކަން ކުރިއަށްދާނީ އެލައިޑް ހުޅުމާލެ ރަން ނިމުމުންނެވެ.

އެޕަލް ވޮޗް ސީރީސް 11 ސްމާޓްވޮޗް ހޯދާނެ ގޮތް:

އެލައިޑުން މިދިޔަ އޭޕްރިލް މަހުގެ 26 ގައި ފެށި މި ގިވްއަވޭގައި ދޫކޮށްލަނީ 2025 ސެޕްޓެމްބަރުގައި އެޕަލްއިން ބާޒާރަށް ނެރުނު އެޕަލް ވޮޗް ސީރީސް 11 ގެ ގަޑިއެކެވެ. މިއީ 24 ގަޑިއިރާ ހަމައަށް ބެޓަރީ ބާރު ހިފަހައްޓާ، 5ޖީއާ ކަނެކްޓުކުރެވޭ، އަދި ވަރަށް މަތީ ފެނވަރަކަށް ސިއްހަތު މޮނީޓަރުކޮށްދޭ ފީޗަރތަކެއް ހިމެނޭ، ޒަމާނީ މޮޅު ސްމާތްވޮޗެކެވެ.

އަތުކުރިއަށް ވެސް ލުއި މި ސްމާޓްވޮޗް ހޯދުމަށް ޓަކައި

1. އިންސްޓަގްރާމުގައި އެލައިޑް ފޮލޯކޮށްލާށެވެ.

2. ގިވްއަވޭ ޕޯސްޓަށް ލައިކެއް ޖަހާލާށެވެ.

3. 3 ރަހުމަތްތެރިން ޓެގްކޮށްފައި ކޮމެންޓެއް ކޮށްލާށެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރު ކޮމެންޓު ކުރެވޭނެއެވެ. އެކަމަކު ކޮންމެ ކޮމެންޓެއްގައި ތިބެންވާނީ ތަފާތު "ފްރެންޑުން"ނެވެ.

4. (ބޯނަސް އެންޓްރީއެއް ބޭނުން ނަމަ، ޕޯސްޓު ސްޓޯރީގައި ޝެއާކޮށްލާފައި އެލައިޑް ޓެގް ކޮށްލާށެވެ.

މި އަގުހުރި ގަޑި ހޯދުމަށް ކޮމެންޓުކޮށް، ޝެއާކޮށް، ވާދަކުރުމުގެ ފުރުސަތު 31 މޭ 2026 ގައި ބަންދުވާނެއެވެ. އެހާތަނަށް ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ނަސީބުވެރިޔާ އިއުލާނުކުރާނީ 10 ޖޫން 2026 ގައެވެ.

އެހެންވީމާ އަވަހަށް މި ގިވްއަވޭތައް ބަލާލައި، ބައިވެރިވާން އުޅޭށެވެ. ކާމިޔާބަށް އެދެމެވެ.

Ads by Allied Insurance