ރާއްޖޭގެ ކުޅިތައް ހިމާޔަތްކުރަން އީޔޫއިން ހަތަރު މިލިއަން ޔޫރޯގެ އެހީ އީޔޫއިން ދީފި
ރާއްޖޭގެ ކުޅިތައް ހިމާޔަތްކުރަން ޔޫރަޕިއަން ޔޫނިއަންއިން ހަތަރު މިލިއަން ޔޫރޯގެ އެހީ ދީފި އެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއް ސަމަދު އެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އީޔޫގެ ޑެލިގޭޝަން ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޮހާން ހެސޭ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެހީ ދޫކުރާނީ ރާއްޖޭގެ ކޮމިއުނިޓީ ބޭސްޑް އިނީޝިއޭޓިވްތައް މެދުވެރިކޮށް ކުޅިތައް ހިމާޔަތްކުރުމުގެ ކަންކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމާއި އަދި ކްލައިމެޓް ޗޭންޖުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުުތައް ކުޑަކޮށްދިނުމުގައި މުހިންމު ދައުރެއް ކުޅިތައް އަދާކުރެ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ހުންނަ ކުޅިތަކަކީ އެ ރަށްރަށުގެ ފަހުރެކެވެ. އަދި އެ ރީތި ކުޅިތައް ހިމާޔަތްކުރަން ވެސް އެފަދަ ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.