ޚަބަރު

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް އަތުލައިގަނެފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

 

Ads by Allied

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެެތެރެކުރަން އުޅުނިކޮށް އަތުލައިގަނެފިއެވެ.

މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 395.92ގުރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

Ads by Allied Insurance