ކަފިހުރަސް މަތިން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް
ކަފިހުރަސް މަތިން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިއަދު ހުޅުމާލެ 2ގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ކަމަށެވެ.
އަދި އެ ހާދިސާގައި ކަފި ހުރަސްމަތިން ދިޔަ 36އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށާއި އޭނާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ދެން"އަށް އެނގިފައިވާ ގޮތުން އަނިޔާވި މީހާއަކީ ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ މީހެކެވެ. އަދި އެކްސިޑެންޓް ހިނގިއިރު އޭނާ ރާއްޖޭގައި ހުރީ ޗުއްޓީއަކަށް އައިސްކަން ވެސް ވަނީ އެނގިފައެވެ.
ލިބުނު އަނިޔާތަކުގެ ސީދާ ތަފްސީލެއް ނުލިބެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.