އެމްޑީޕީގެ ޗެއާޕާސަންކަން ނަޝީދު ކާމިޔާބުކޮށްފި
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރައްވައިފިއެވެ.
މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާ ގޮތުން، މި އިންތިހާބުގައި ނަޝީދަށް ގާތްގަނޑަކަށް %71 ވޯޓު ލިބިވަޑައިގަތެވެ. ނަޝީދާ ވާދަކުރެއްވި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމަށް ލިބިވަޑައިގަތީ %31 ވޯޓެވެ.
ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަނެވެ. 2005ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރާ ހަމައަށް ޗެއާާޕާސަން ކަން ކުރެއްވުމަށް ފަހު، 2009ވަނަ އަހަރު ޗެއާޕާސަން ކަމުން ވަކިވެވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށެވެ.
ފެހި ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު 2012ގައި އެ މަނިކުފާނުގެ ވެރިކަން ބަދަލުވަން ދެން އެމްޑީޕީީގެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ނަޝީދެވެ. 2014ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ހަމައަށް ނަޝީދަކީ އެމްޑީޕީގެ ރައީސެވެ.
އޭރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު އުފެެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، އޭރު އެމްޑީޕީ ދޫކުރެއްވި ނަމަވެސް އަނބުރާ އެމްޑީޕީއަށް އައީ ނިމުނު އަހަރުގައެވެ. ޕާޓީއަށް އެނބުރި އައިތާ އަހަރުދުވަސް ނުވަނީސް ނަޝީދު މިވަނީ އެ ޕާޓީގެ ޗެއާޕާސަންކަމަށް އައްޔަނުވެފައެވެ.