ޚަބަރު

ޒީނާޒް ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އައްޔަނު ކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރި ޒީނާޒް

މިނިސްޓްރީ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއާގެ ސްޓޭޓު މިނިސްޓަރަކަށް ޒީނާޒް އަދުނާން އައްޔަނުކޮށްފިއެވެ.

މިނިސްޓްރި އިން 'ދެން' އަށް މައުލޫމާތު ދިން ގޮތުގައި ޒީނާޒް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފައި ވަނީ މި މަހުގެ 4ވަނަ ދުވަހުގައެވެ. އެ މިނިސްޓްރީ ގެ ޖެންޑާ އާ ބެހޭ ބައިގައި މަސައްކަތް ކުރައްވަން މި މަހުގެ 7ވަނަ ދުވަހު ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޒީނާޒް އަކީ މީގެކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމުގެ އިތުރުން ތައުލީމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ޕީއެންސީގެ އެސްޖީކަން ވެސް ކުރައްވައިފައެވެ.