މާލެ ސަރަހައްދުގައި ނުގަވައިދުން ފަޅުތެރޭގައި އަޅާފައި އޮތް 20 އުޅަނދެއް ޖޫރިމަނާކޮށްފި
މާލެ ސިޓީ ކައުންސިލްއިން ބުނީ އެ އުޅަނދުތަކަކީ، ފަޅުތެރެ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށާއި، ޢާންމު އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ކުރެވުނު މަސައްކަތުގެތެރެއިން ފާހަގަކުރެވުނު އުޅަނދުތަކެވެ.
ވިލިމާލެ ފުލުހުންގެ ޔުނިޓުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު މާލެ ސިޓީ ކައުންސިލްގެ ހާބަރ އެންޑް މެނޭޖްމަންޓް ސެކްޝަނުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ ތެރެއިން ވިލިމާލެ ފަޅުތެރެ ޗެކްކޮށް، ބެލިއިރު، ހުއްދަ ނުނަގައި އަޅައިފައި އޮތް 17އުޅަނދެއްގައި ސްޓިކާ ޖަހައި ޖޫރިމަނާކުރި އިރު މާލެ ދެކުނު ހާބަރު (ސުނާމީ ބިނާ ސަރަހައްދު)ގައި ގަވައިދާ ހިލާފަށް އަޅައިފައި އޮތް ތިން އުޅަނދެއް ވެސް ޖޫރިމަނާކުރި ކަމަށް މާލެ ސިޓީ ކައުންސިލްއިން ބުންޏެވެ.
މާލެ ސިޓީ ކައުންސިލްއިން ބުނީ އެ އުޅަނދުތަކުގެ ސަބަބުން ފެރީ ދަތުރުތަކަށް ބުރޫއަރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ދަނީ ފަޅުތެރޭގެ ތަރުތީބު ހިފެހެއްޓުމަށާއި، ގަވައިދާ ހިލާފަށް އުޅަނދު ފަހަރު އެޅުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.