ޚަބަރު

ވާރިންސުންގެ މައްޗަށް ކޯޓުން އަމުރު ކުރުމުން ވެސް އަލިފުތާއާ ހަވާލުނުވި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގއ،މާމެންދޫގައި މަގުމަތިކޮށްފައިވާ ދޮށީ އުމުރުގެ އަލިފުތާއާ ހަވާލުވުމަށް އަލިފުތާގެ ވާރިސުންނަށް މެޖިސްޓްރޭޓު ކޯޓުން އަމުރު ކުރުމުން ވެސް އަލިފުތާގެ ވާރިސުން އަލިފުތާ ހަވާލުވެފައި ނުވާކަމަށް މާމެންދޫ ކައުންސިލުން ބުނެފިއެވެ.

Ads by Sosun Fihaara

މާމެންދޫގައި މަގުމަތިކޮށްލެވިފައިވާ އަލިފުތާ ބަލައިދޭނެ މީހަކު ހޯދުމަށް މިދިޔަ މަހު އެއްވަނަ ދުވަހު މާމެންދޫ ކައުންސިލުން ވަނީ އިއުލާން ކޮށްފައެވެ. އަދި އަލިފުތާ ބަލައިދޭނެ ކަމަށް ބުނެ ދެމީހަކު ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ދެމީހުންވެސް ބޭނުންވަނީ އަލިފުތާގެ ގޭގައި އެމީހުން ދިރިއުޅޭނެ ތަންކޮޅެއް ވަކިން ހަދައިގެން އަލިފުތާ ބަލައިދޭށެވެ.

މާމެންދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އަލިފުތާގެ މައްޗަށް އަވަސް ނިޔާއެއް ކަނޑައަޅައި ދެއްވުމަށް އެދި މާމެންދޫ ކައުންސިލުން ވަނީ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ހުށައަޅާފައެވެ. އަދި މީގެ ހަފްތާއެއްހާ ދުވަސް ކުރިން މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ ވީހާވެސް އަވަހަށް އަލިފުތާގެ ވާރިސުން އަލިފުތާއާ ހަވާލުވުމަށް އަމުރު ކޮށްފައެވެ.

މިކަމާ ގުޅިގެން މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް މިއަދު ވިދާޅުވީ، މާމެންދޫ ކައުންސިލުގައި އަލިފުތާ ބަލައިދެވޭނެ މާލީ ގާބިލުކަން ނެތް ކަމަށާއި، މެޖިސްޓްރޭޓް ކޯޓުން އަލިފުތާއާ ހަވާލު ވުމަށް އަލިފުތާގެ ވާރިސުންނަށް އަމުރުކޮށްފައި އޮތުމުން އެމައްސަލަ މިހާރު ޖެންޑާ މިނިސްޓްރީން ވެސް ބަލަމުން ގެންދާ ކަމަށެވެ. އަދި މި މައްސަލައިގެ ހުކުމް ތަންފީޒުކުރުމަށް އެދި ކޯޓަށް އަލުން މައްސަލައެއް ވެއްދުމަށް މިހާރު ތައްޔާރު ވަމުންދާ ކަމަށްވެސް ޒައީމް ވިދާޅުވެފައިވއެވެ.

މީގެ އިތުރުން ޒައީމް ވިދާޅުވީ މިކަމާއި ގުޅިގެން އަލިފުތާއަށް ނަފްސާނީ ގޮތުން އެތައް ގެއްލުން ތަކެއް ލިބެމުންދާއިރު މިހާރު އަލިފުތާގެ ސިއްހީ ހާލަތުވެސް ދަށްވެފައިވާ ކަމަށެވެ. އެހެންނަމަވެސް ކައުންސިލުންގެ ބެލުމުގެ ދަށުގައި ހުރިހާ ދުވަހަކު އަލިފުތާގެ ބޭސް ފަރުވާއާއި ކެއުމާއި އެހެނިހެން ޒަރޫރީ ބޭނުންްތައް ފުއްދައިދޭނެ ކަމަށް ޒައީމް ވިދާޅުވެފައިވެއެވެ.

 

Ads by HDC
  1. ނަައީމް

    5000 ރުފިޔާއަށްޓަކައި ވެސް ބަލާދޭނެ މީހެއް ނެތް؟

    • ހެޔޮބަސް

      ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޢަހަރުމެން ދިވެހިންގެ ރަހުމުކުޑަކަން ހާދަބޮޑެވެ. ވާރިޘުން ބަލަން ދެކޮޅުހެދުމަކީ އަދި ނުބައިކަމާ ރަހުމުކުޑަކަން އިންތިހާއަށް އޮތްކަން ހާމަވާކަމެއް. ހެޔޮނުވާނެ އެކަނިވެރިންނަށް އަޅާލާ އޯގާތެރިވޭ. އޭގެ ބަދަލު ﷲ ދެއްވަވާނެ. މާދަމާވެސް ކަންތައްވާނެގޮތެއް ނޭގޭނެ ތިޔައިގެ ތެރެއިން ކާކަށް ކަމެއް ނޭގޭނެ އެހާލުޖެހޭނީ. އެބޭބެގެ ހިތަށް ކުރާނެ އަސަރާ ވާނެ ދެރަ ވިސްނާލާ. ﷲ އަށްޓަކާ އެބޭބެއަށް އެހީތެރިވެދީ.

  2. މޫނު

    ހިތް ހަރުކަމުގެ އިންތިހާ…ހިތަކައް ނާރާތަ ތިމާމެންނަކީވެސް މުސްކުޅި ވާނެ ބައެއްކަން…އެދުވަހަކުން ބަލަންތިބި މީހުން ނުބެލީމަ ދެރަވާނެވަރު، އެކަނިވާނެވަރު…ދުނިޔޭގެ އެދުން ބޮޑުކަމުން ހެޔޮނުބައި ވަކިކުރާންވެސް ނޭގެ…މި މީހާއައް ﷲ ކެތްތެރިކަން ދެއްވާށި…އާމީން..

  3. ސިވިލް ސަރވަންޓެއް

    ޢަލިފުތާ އާއިލާގައު ސަރުކާރު މުވައްޒަފުން އުޅޭނަމަ އެމީހުންގެ ބެލެނިވެރި އިދާރާއިން އެމީހުން ވަޒީފާއިން ވަކިކުރޭ. ޥާރިސުން ޖެހޭ އަލިފުތާ އަށް ރައްކާތެރިކަންދޭން

  4. އާދަނު

    މިފަދަ މައްސަލަތައް ހައްލުކުރެވޭނެ ނިޒާމެއް އޮންނަންޖެހޭ. ސަރުކާރުން މިހާރުން މިހާރަށް އެބަޖެހޭ މިފަދަ މީސްމީހުންގެ ގޯތިގެދޮރާއި މުދާތަށް ސަރުކާރަށް ނެގުމަށްފަހު، ދައުލަތުގެ ބެލުމުގެދަށަށް އެމީހުންގެ ބެލެހެއްޓުން ގެންދިއުމަށް ގާނޫނެއް ހަދަން. އޭރުން މިކަން ވަރަށް ފަސޭހައިން ހައްލުވާނެ. މީގަ ގިނައިން އުޅެނީ މައިންބަފައިންގެ ގެދޮރާއިހެދި މައިންބަފައިން ބެލެހެއްޓުމާއި ހަވާލުނުވާންއުޅޭ މީހުން.