އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުން ހިލޭ ގާނޫނީ ލަފާ ދެނީ
އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ދަރިވަރުން ހިލޭ ގާނޫނީ ލަފާދޭން ގާނޫނީ ކްލިނިކެއް ހުޅުވައިފިއެވެ.
އައިޔޫއެމްއިން ބުނީ މިއީ ގާނޫނީ ވަކީލުންނަށް، ވާން ބޭނުންވާ. ދަރިވަރުން، ރާއްޖޭގައި، ވަކާލާތުކުރުމުގެ ލައިސަންސް ލިބިފައިވާ ގާނޫނީ "ވަކީލުންގެ"އިރުޝާދުގެ ދަށުން އާންމުންނަށް، ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭ ގޮތަށް ގާއިމުކުރި ކްލިނިކެއް ކަމަށެވެ.
އަދި އެ ކްލިނިކަށް މައްސަލައެއް ހުށަހަޅަން ބޭނުންނަމަ އެކަމަށް ހާއްސަކޮށްފައިވާ ގޫގަލް ފޯމްގެ ލިންކެއް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށް އައިޔޫއެމްއިން ބުންޏެވެ.
އައިޔޫއެގްެ ލީގަލް ކްލިނިކުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޢާންމު ރައްޔިތުންގެ ތެރެއިން މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ގާނޫނީ ހިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. އެގޮތުން ގާނޫނީ ލަފާ ދިނުމާއި މައްސަލައިގެ ލިޔުންތަކާއި ފޯމުތަކާއި އެއްބަސްވުންތައް ތައްޔާރުކޮށް ޕަވާ އޮފް އެޓާނީ ފަދަ ލިޔުންތައް ތައްޔާރުކޮށްދިނުން ހިމެނެއެވެ.
އިސްލާމިކް ޔުނިވާސިޓީން ބުނީ އެ ލީގަލް ކްލިނަކަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެއް ދިރާސާކުރުމަށް ގާނޫނީ ވަކީލެއްގެ ބެލުމުގެ ދަށުން ދަރިވަރުންގެ ޓީމެއްގެ އައްޔަނުކޮށް މައްސަލަ ދިރާސާކުރާނެ ކަމަށެވެ. އަދި އޭގެ ފަހުން ގާނޫނީ ވަކީލާއެކު ބައްދަލުވުން އިންތިޒާމްކޮށް މައްސަލަ ހުށަހެޅި ފަރާތްތަކާއެކު އައިޔޫއެމްގެ ލީގަލް ކްލިނިކްގައި ބައްދަލުކޮށް ގާނޫނީ ލަފާ ދެވޭނެ ކަމަށް ވެސް އައިޔޫއެމްއިން ބުންޏެވެ.