ޚަބަރު ބޮލީވުޑް

ގޫގުލް ބުނާ ގޮތުގައި އަނުޝްކާއަކީ އަފްގާނިސްތާނު ކުޅުންތެރިއެއްގެ އަނބިމީހާ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ، އަނުޝްކާ ޝަރުމާއަކީ ކާކުގެ އަނބިމީހާކަން ގޫގުލްއަށް އޮޅިއްޖެއެވެ.

Ads by Hajj Corporation

ގޫގުލް ބުނާ ގޮތުގައި އިންޑިއާގެ ގައުމީ ކްރިކެޓް ކެޕްޓަން ، ވިރާތު ކޯލީގެ އަނބިމީހާ އަނުޝްކާއަކީ އަފްގާނިސްތާނުގެ ކުރިކެޓް ކުޅުންތެރިޔާ ރާޝިދުޚާންގެ އަނބިމީހާއެވެ. "ކްރިކެޓާ ރާޝިދުޚާންސް ވައިފް" ސަރޗް ކުރުމުން ގޫގުލްއިން ދައްކަނީ އަނުޝްކާއެވެ.

މިއީ ކިހިނެއް ހިނގާފައިވާ ކަމެއް ކަން ނޭނގުނު ނަމަވެސް ، ދާދިފަހުން ރާޝިދުޚާންއާ ކުރި އިންޓަވިއުއެއްގައި އޭނާގެ އެންމެ މަގުބޫލު އެކްޓްރެސްއަކީ ކާކުތޯ އެހުމުން އޭނާގެ ޖަވާބަކަށްވީ އަނުޝްކާއެވެ.

އަލަތު ދަރިފުޅަށް އިންތިޒާރު ކުރަމުންދާ އަނުޝްކާ މިވަގުތުހުރީ ޔޫއޭއީގައެވެ. އެއީ އެގައުމުގައި ކުރިއަށްދާ އިންޑިއަން ޕްރިމިއާލީގުގެ މެޗުތައް ބެލުމަށާއި ފިރިމީހާ ، ވިރާތު ކޯލީއާއެކު ވަގުތުތައް ހޭދަ ކުރުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!