ޚަބަރު

އެގްރޯނެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒްހަތު ލަތީފް އައްޔަންކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެގްރޯނެޓްގެ ބޯޑަށް މިއަދު އައްޔަނު ކުރި ޝަޒްހަތު

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް)ގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒްހަތު ލަޠީފް މިއަދު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، ޝަޒްހަތު އައްޔަންކޮށްފައި ވަނީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށެވެ.

ޝަޒްހަތު އަންނަނީ 2017ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުންނެވެ. އަދި އޭނާ ވަނީ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ)ގެ އިތުރުން ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާ އޮފް އާޓްސް (އޮނާސް) ވެސް ފުރިހަމަ ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!