ޚަބަރު

ބައި ގަރުނުކުރިން ގެއްލުނު މީހަކު ދުނިޔޭގައި ހުރިތޯ ބަލަން އިއުލާންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގއ. ދިޔަދޫ

މީގެ ބައި ގަރުނުކުރިން ގެއްލުނު މީހަކު ދުނިޔޭގައި ހުުރިތޯ ބަލަން އިއުލާންކޮށްފިއެވެ.

ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ހޯދަން އިއުލާންކުރީ ގއ. ދިޔަދޫ/ ތަނޑިރަތްމާގެ، ހަސަން މުހައްމަދުއެވެ.

އެގޮތުން އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ ފަރާތެއް ވާނަމަ އެކަން 10ދުވަހުގެ ތެރޭގައި އެ ކޯޓަށް އަންގައި ދިނުމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.

ހަސަން މުހައްމަދު އަކީ 1973ގއ. ދިޔަދޫން ފުރައިގެން މާލެ ދަތުރުކުރަނިކޮށް، ކަނޑުވި ބޯޓަކުން ގެއްލުނު މީހަކެވެ. އޭނާ ދުނިޔޭގައި ހުރިތޯ ބަަލަނީ ތަރިކައިގެ މައްސަލައެއްގައެވެ.

ހަސަން ނިސްބަތްވާ ދިޔަދޫ އަކީ މިހާރު މީހުން ދިރިއުޅޭ ރަށެއް ވެސް ނޫނެވެ. އެ ރަށުގެ މީހުން ވަނީ 2000ގެ އަހަރުތަކުގައި ގއ. ގެމަނަފުއްޓާއި އެހެން ރަށްތަކަަށް ބަދަލުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!