ކޮވިޑް-19: ކޮލަމާފުށިން މީހަކު ފައްސިވެއްޖެ

ގއ. ކޮލަމާފުށީގައި ހޯމް ކަރަންޓީނުގައި އިން އަންހެނެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ކޮލަމާފުށީ ސިއްހީ މަރުކަޒުން ހާމަކުރި ގޮތުގައި ފައްސިވެފައި ވަނީ އުމުރުން 44 އަންހެކެެވެ.
ސިއްހީ މަރުކަޒުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މީހަކު ފައްސިވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް އެމީހާއާ ކޮންޓެކްޓުވި މީހަކު ފެނިފައި ނުވާ ކަމަށް ވެސް އެ މަރުކަޒުން ބުނެފައި ވެއެވެ.
މިއީ ކޮލަމާފުށިން މީހަކު ކޮވިޑަށް ފައްސިިވި ފުރަތަމަ ފަހަރެވެ.