Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރައީސް ޔާމީންގެ ސަޕޯޓަރުން ކޯޓު ކައިރިއަށް އެއްވެއްޖެ

ރައީސް ޔާމީންގެ ސަޕޯޓަރުން ކޯޓު ކައިރިއަށް އެއްވެއްޖެ

ކުރީގެ ރައީސް ޔާމީންއަށް ތާއީދު ކުރާ ގިނަ ބަޔަކު ކްރިމިނަލް ކޯޓު ހިމެނޭ ސަރަހައްދަށް އެއްވެއްޖެއެވެ.

އެ ސަރަހައްދުގައި އިދިކޮޅުގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ހަރަކާތްތެރިވެވަޑައިގަންމަވަމުން އެބަ ގެންދަވައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަންފާ ހޯއްދެވި ކަމަށް ތުހުމަތުކޮށް، ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގެ ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 09:00 އަށެވެ.

Advertisement
Allied — Dhen Online (box)

ނަަމަވެސް ގަޑިިއިރަކަށްވުރެ ގިނައިރު ވީއިރު، އަދިވެސް ޝަރީއަތުގެ މަޖިލިސް ފެށޭގޮތެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަޖިލިސް ފެށުން ލަސްވަނީ ކޯޓުގެ ބައެއް އިދާރީ ކަންކަން ނުނިންމިގެންނެވެ.

ޝަރީޢަތް ފެށޭގޮތް ނުވާތީ، ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގެންފައިނުވާއިރު، ކޯޓުން އިޝާރާތް ކުރެއްވުުމުން، އެމަނިކުފާނު ކޯޓަށް ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށާއި ޔޫސުފް ނައީމްގެ މައްޗަށެވެ.

އިދިކޮޅުން އެންމެ ފަހުން ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ޖަލު ޙުކުމެއް އިއްވެވި ނަމަވެސް، އެމަނިކުފާނުގެ އަޑު ކަނޑުވައި ނުލެވޭނެ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް