ޚަބަރު

ފެލިވަރުގައި ގާއިމުކުރާ 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް މަސްވެރިންގެ ދުވަހަށް ނިންމަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ޅ. ފެލިވަރުގައި ގާއިމުކުރާ 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް މަސްވެރިންގެ ދުވަހަށް ނިންމަން އަމާޒު ހިފައިފިއެވެ.

އެ 4000 ކޯލްޑް ސްޓޯރޭޖްއަކީ އަލަށް ފެލިވަރުގައި ގާއިމުކުރާ ފެސިލިޓީއަކަށްވާ އިރު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވަނީ އެ ފެސިލިޓީގެ މަސައްކަތްތައް ބައްލަވާލައްވައިފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ އެ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަހަށް ނިންމާ މަސްވެރިންނަށް ހިދުމަތްދޭން ފެށުން ކަަމަށެވެ.

މިނިސްޓަރުގެ އިއްޔެގެ ދަތުރުފުޅުގައި އިންޑިޔާ ހައިކޮމިޝަނަރ ޝްރީ ޖީ. ބާލަސުބްރަމާނިޔަން އަދި މިފްކޯގެ ސީއީއޯ އަހުމަދު އަނަސް ވެސް ބައިބެރިވެ ވަޑައިގެންނެވިއެވެ.

ފެލިވަރުގައި ކުރިޔަށް ގެންދާ އެ މަޝްރޫއުއަކީ މަސްވެރިސިނާޢަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރިޔަށް ގެންދެވޭ އުމްރާނީ ތަރައްގީގެ މުހިއްމު މަޝްރޫއުއެކެވެ.

މިއީ އިންޑިޔަން އެލްއޯސީގެ ދަށުން އިންޑިޔަން އެގްޒިމްގެ ލޯނު އެހީގައި ކުރިޔަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!