Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ އުމުރުން 62 އަހަރުގެ މީހާ، ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ތަޢުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުޅަދާނަ ދިވެހި މުދައްރިސެއް ކަމަށްވާ ޅ. ކުރެންދޫ، މާޖެހިގެ، މުޙައްމަދު ޢަފީފެވެ. އޭނާ ނިޔާވީ އޮގަސްޓު 31ވަނަ ދުވަހު ހުޅުމާލޭގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް މުޑިއަރައި ހިނގި އެކްސިޑެންޓުގައި ލިބުނު ގެއްލުންތަކަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ޚާއްސަ އެހީއަށް ބޭނުންވާ އުމުރުން 24 އަހަރުގެ ދަރިފުޅު ގޮވައިގެން، ވަޒީފާއަށް ހާޒިރުވުމަށްޓަކައި ޢަފީފް ސައިކަލުގައި ދަތުރުކުރަމުން ދިޔަ ވަގުތުގައެވެ. މި ހާދިސާގައި އޭނާގެ ދަރިފުޅަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެންމެ ފުރަތަމަ ދެބަފައިންނަށް ވެސް ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ޢަފީފްގެ ހާލަތު ގޯސްވުމުގެ ސަބަބުން ފަހުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް، ސިކުނޑިއަށް ލޭ އެޅިފައިވާތީ ވަނީ ބޮޑު އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.

Advertisement
Allied Insurance — Square (box)

ނިޔާވި ޢަފީފަކީ ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ދަރިވަރުންނަށް އުނގަންނައިދެއްވި ބޭފުޅެކެވެ. އޭނާ ވަނީ އަމީނިއްޔާ ސްކޫލް، ޣާޒީ ސްކޫލް، އަލިއްޔާ ސްކޫލްގެ އިތުރުން ކުރީގެ މަޝްހޫރު އީޕީއެސް އަދި އެމްއީއެސްގައި ވެސް ދިވެހި މާއްދާ ކިޔަވައިދެއްވާފައެވެ. އަދި އޭނާ ނިޔާވުމާ ހަމައަށް ވެސް ގޭގައި ގިނަ ކުދިންތަކަކަށް ޓިއުޝަން ދެއްވަމުން ގެންދެވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް