ވިޔަފާރި

މިއަދާއި މާދަމާ ބޭންކުތައް ހުޅުވަނީ

ދެން އެމްވީ ، ދެން އޮންލައިން

އަސާސީ ޚިދުމަތްތައް ދިނުމަށްޓަކައި އާދީއްތަ ދުވަހާއި ހޯމަދުވަހު ބޭންކުތައް ހުޅުވަން ނިންމައިފިއެވެ.

Ads by Sosun Fihaara

މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނީ އާދީއްތަ ދުވަހާއި ހޯމަ ދުވަހުގެ ހެދުނު 9:00 އިން ފެށިގެން މެންދުރު 12:30ގެ ނިޔަލަށް އެމްއެމްއޭ ހުޅުވާފައި ހުންނާނެކަމަށެވެ. ނަމަވެސް އެ ގަޑީގައި އެމްއެމްއޭއިން ވަކިވަކި ފަރުދުންނަށް ޚިދުމަތް ފޯރުކޮށް ނުދޭނެ ކަމަށެވެ. މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސްއާއި ރާއްޖޭގައި ހިންގާ އެހެނިހެން ބޭންކުތައްވެސް އާދީއްތަ އަދި ހޯމަދުވަހުގެ އެކި ގަޑިތަކުގައި ހިދުމަތް ދިނުމަށް ހުޅުވާނެކަމަށެވެ.

އެގޮތުން އެ ދެދުވަހު މުސާރަ ރިކުއެސްޓްކުރުމާއި، ޓީޓީ ރިކުއެސްޓް ހުށަހެޅޭނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. މީގެއިތުރުން ބޭރަށް ފައިސާ ފޮނުވުމަށް ރިކުއެސްޓްކުރުމާއި، ލެޓާޒް އޮފް ކްރެޓިޑްވެސް ބަލައިގަންނާނެކަމަށެވެ.

އެމްއެމްއޭއިން ބުނީ ކޮވިޑް-19 މުޖުތަމައުތެރޭގައި ފެތުރެމުންދާ މިދަނޑިވަޅުގައި ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމަށް މަގުފަހި ކުރުމަށް ބޭންކުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ބޭންކުތަކުން ކަޑައަޅާފައިވާ އޮންލައިން ޚިދުމަތްތައް ލިބިގަތުމަށް އިސްކަން ދިނުމަށް އެދިފައެވެ. އަދި މިދަނޑިވަޅުގައި އެމްއެމްއޭ އާއި ބޭންކުތަކުން ނަގަމުންދާ ފިޔަވަޅުތަކަކީ ކޮންމެހެން ލާޒިމް ކަމަކަށްވާތީ މިކަމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

މީގެއިތުރުން ވަކިވަކި ބޭންކުތަކުހެ ޚިދުމަތްތަކުގެ ތަފްސީލް ހޯދުމަށް އެބޭންކުތަކުގެ ވެބްސައިޓާއި، ސޯޝަލް މީޑިއާ އެކައުންޓުތައް ޗެކްކުރުމަށް އެމްއެމްއޭއިން ލަފާދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!