ވަގަށް ބޭރުކުރަން އުޅުނު ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާ އަތުލަގެންފި
ވަގަށް ބޭރުކުރަން އުޅުނު ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާ އަތުލަގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ އެތަކެތި އަތުލައިގަތީ މި މަހުގެ ހަތް ވަނަ ދުވަހު ރާއްޖެއިން ފުރަން އުޅުނު އިންޑިއާ ފަސެންޖަރެއްގެ އަތުން ކަމަށެވެ.
އެގޮތުން ކަސްޓަމްސްއަށް ޑިކްލެއާނުކޮށް ބޭރު ކުރަން އުޅުނު ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ބޭރު ފައިސާ ހިމެނޭކަމަށް ވެސް ބުންޏެވެ.
ޑިކްލެއާނުކޮށް ރާއްޖެއިން މިހާރު ބޭރުކުރެވެނީ ބޭރު ފައިސާގެ ވަކި އަދަދެކެވެ. ނަމަވެސް ވަގަށް ފައިސާ ބޭރުކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.
އެގޮތުން ދާދި ފަހުން ވެސް ޑޮލަރުތަކެއް ވަގަށް ބޭރު ކުރަން އުޅުނު ބަނގުލަދޭޝް ބަޔަކު ވަނީ އަތުލައިގެންފިވެއެވެ.
