ޚަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލައެއް ބަލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން.

މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ހަސަން ޒިހާާން ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ޒިހާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަޖިލީހާއި ސުޕްރީމް ކޯޓާއި އަދި ރައީސް އޮފީހުގައި ހުޅު ޖަހަން ފުުރުސަތު ނުލިބެނީ ކީއްވެތޯ އައްސަވައި އެއީ މަޖާ ކަމަކަށްވާނެ ކަމަށް ވިދާޅުވެފައެވެ.

ޒިހާންގެ ޕޯސްޓާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެ އެކި މީހުން އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށް ފުލުހުން މިއަދު ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ޒިހާން އެފަދައިން ވިދާޅުވީ ކީއްވެގެން ކަމެއް އަދި އެއީ މަޖަލަކަށް ވިދާޅުވި އެއްޗެއް ކަމެއް ވެސް ސާފެއް ނުވެއެވެ.

ޒިހާން ފަހުން ވަނީ އެ ޕޯސްޓު ޑިލީޑްވެސްކޮށްލައިފައެވެ.

Ads by Ooredoo