ޚަބަރު

ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރާ ގެތައް އަންނަމަހު އިންސްޕެކްޓްކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކާބޯތަކެތީގެ އިންސްޕެކްޝަންއެއްގެ ތެރެއިން--

ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރާ ގެތައް އަންނަމަހު އިންސްޕެކްޓްޝަންއެއް ކުރިއަށް ގެންދަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ(އެމްއެފްޑީއޭ)އިން ނިންމައިފިއެވެ.

އެމްއެފްޑީއޭއިން ބުނީ މިއީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އެ އޮތޯރިޓީގައި ދަފުތަރުކޮށްފައިވާ ފަރާތްތައް އިންސްޕެކްޓްކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އެ އިންސްޕެކްޝަންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ މަހުގެ ފަހަކުން 20ގެ ނިޔަލަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް މި އޮތޯރިޓީގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެ އިންސްޕެކްޝަންތަކުގައި "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލުކުރަންވީ ގޮތުގެ މިންގަނޑު" އަމަލުކުރޭތޯ ބަލާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

Ads by Ooredoo