އައްޑޫން ރައީސް ނަޝީދަށް ފިނި ތަރުޙީބެއް

އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ބޮޑު ތާއީދެއް މީގެ ކުރިން އޮންނަ އައްޑޫ ސިޓީއަށް އެމަނިކުފާނު ވަޑައިގަތުމުން މާ ބޮޑު ތަރުހީބެއް ލިބިގެން ނުދިޔައެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕެއިނަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުފުޅު ކުރައްވަމުންނެވެ. މިއީ ރައީސް ނަޝީދު އަތޮޅުތަކަށް ކުރައްވާ ފަހު ދަތުރުފުޅެވެ. އެމަނިކުފާނު މާލޭގައި ބާއްވަވާ ޖަލްސާތަކުގައި ގިނަ ބަޔަކު ބައިވެރިވި ނަމަވެސް، އަތޮޅު ތެރޭގައި އެމަނިކުފާނު ބާއްވަވާ ކަންމަތީ ބައްދަލުވުންތަކާއި ޖަލްސާތަކާއި މަރުޙަބާ ވިދާޅުވުމަށް ނިކުންނަ ފަރާތްތަކުގެ އަދަދު މަދުކަން ފާހަގަކޮށްލެވެއެވެ.
އައްޑުއަކީ އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ އަތޮޅެކެވެ. އިންތިޚާބުތަކުގައި އައްޑޫގެ ގޮނޑިތައް އާއްމުކޮށް ނަގަނީ އެމްޑީޕީންނެވެ. އަދި ވަކިން ޚާއްސަކޮށް ރައީސް ނަޝީދަށް އައްޑޫގައި މީގެ ކުރިން ތާއީދު ބޮޑެވެ. ރައީސް ނަޝީދުގެ، ރަސްމީ އޮފީސް ވެސް ހުންނަނީ އައްޑޫގައިކަން ފާހަގަކޮށްލެވެއެވެ.
ރައީސް ނަޝީދު މިއަދު އައްޑޫ ހިތަދުއަށް ވަޑައިގަތުމުން މަރުޙަބާ ކިޔަން ގިނަ ބަޔަކު ނިކުންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ލިބިގެން ދިޔައީ ހީކުރި ވަރަށްވުރެ ފިނި ތަރުހީބެކެވެ.
[caption id="attachment_174398" align="alignnone" width="1024"]<img class="wp-image-174398 size-full" src="https://cdn.dhen.mv/wp-content/uploads/2023/01/FnKGDPEaAAg7Zry.jpeg" alt="" width="1024" height="576" /> ރައީސް ނަޝީދަށް މަރުޙަބާ ކިޔަން އައްޑޫން ނިކުތް މީހުން.. ފޮޓޯ/ސިމް، އެމްޑީޕީ[/caption]
ރައީސް ނަޝީދު އައްޑޫގެ ދަތުރުގައި ކުރީގެ ދެ އެޓާނީ ޖެނެރަލްއިން ކަމަށްވާ ދިޔާނާ ސައީދު އާއި ޑ. މުހައްމަދު މުނައްވަރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ..
އަންނަ ހޮނިހިރު ދުވަހު އޮންނަ މި ޕްރައިމަރީގައި ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދެވެ. ރައީސް ޞާލިޙް ވަނީ ކެންޕެއިން ނިންމުމުގެ ގޮތުން ބާއްވާ ޖަލްސާ މިމަހުގެ 26ވަނަ ދުވަހު އައްޑޫގައި ބޭއްވުމަށް ނިންމާފައެވެ.
އައްޑޫން ރައީސް ނަޝީދަށް މާ ބޮޑު ތަރުޙީބެއް ލިބިފައިނުވާއިރު، އެމްޑީޕީގެ ދަފްތަރުން ބަޔަކު އުނިކުރި ކަމަށާއި، އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށް ރައީސް ނަޝީދުގެ ޓީމުން ތުހުމަތު ކުރައްވައެވެ.




.jpeg?prefix=media)


ކޮމެންޓް