ޚަބަރު

ނިއުޒިލެންޑްގެ ޕާލަމަންޓަށް ދިވެއްސެއްގެ ދަރިއަކު ހޮވިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނިއުޒިލެންޑުގެ ޕާލަމަންޓު މެންބަރަކަށް ދިވެއްސެއްގެ ދަރިއަކު ހޮވި ވަޑައިގެންފިއެވެ.

Ads by Sosun Fihaara

އެޤައުމުގެ ބޮޑު ވަޒީރު ޖަސިންދާ އާޑަން ދެވަނަ ދައުރަކަށް މިއަދު ނިއުޒިލެންޑުގެ ބޮޑު ވަޒީރެއް ކަމަށް ހޮވިވަޑަައިގެންފައިވާއިރު، އެކަަމަނާގެ ލޭބަރ ޕާޓީގެ ފަރާތުން ދިވެއްސެއްގެ ދަރިއަކު ވެސް ވަނީ ޕާލަމަންޓު މެންބަރަކަށް ހޮވިވަޑައިގެންފައެވެ.

އެގޮތުން ހޮވިވަޑައިގެންފައި ވަނީ ޑރ. އައިޝާ ޖެނިފާ ވެރޯލް އެވެ. އޭނަގެ މަންމައަކީ ދިވެއްސެކެވެ. އެނގިފައިވާ ގޮތުގައި ޑރ. އައިޝާ އަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ބޭފުޅެކެވެ.

ޑރ. އައިޝާ އަކީ ނިއުޒިލެންޑުގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅެއްގެ އިތުރުން، އެޤައުމުގެ މަޝްހޫރު ޑޮކްޓަރެއް ވެސް މެއެވެ. އެގޮތުން އޭނާ ޚާއްސަ ވެފައިވަނީ ގައިން ގަޔަށް އަރާ ބަލިތަކަށް ފަރުވާދޭ ފިޒިޝަނެއްގެ ގޮތުގައެވެ.

ކޮވިޑް-19 ގެ ކަންތަކާއި ގުޅޭގޮތުން ވެސް ނިއުޒިލެންޑުގެ ހެލްތު މިނިސްޓްރީ އަށް ލަފާ ދެއްވާ ޑރ. އައިޝާ ގެ މަންމަ ލަތީފާ ވެރޯލް އަކީ ރާއްޖެއަށް އުފަން މީހެއް ނަމަވެސް، އޭނާ މިހާރު ވަނީ ނިއުޒީލަންޑްގެ ރައްޔިތުކަން ހޯދާފަ އެވެ.

ޑރ. އައިޝާ އަތުގައި އޮންނަނީ ނިއުޒިލެންޑުގެ ޑުއަލް ސިޓިޒަންޝިޕެކެވެ.

  1. އާދަނު

    އައިޝާ ގެ މަންމަ އަކީ މިހާރު ނިއުޒިލެންޑުގެ ރައްޔިތެކަމަށް ހަބަރުގައެބަ ބުނޭ އެހެން ކަމުން މިހާރު އައިޝާ އަކީ ދިވެއްސެއްގެ ދަރިއެއް ކަމައް ބެލެވޭނެބާ؟

    • މީހާ

      ނުވާނެެ….. ސިޓިޒަންޝިޕްް ދިޔައިމަަ ދިވެއްސަކައްނުވާނެ