ދުނިޔެ

އެޕަލްއަށް ޖޯކު ޖެހުމަށްފަހު، ސެމްސަންގް ގެލެކްސީ އެސް30 އާއެކު ވެސް ޗާޖަރާއި ހެޑްސެޓް ނުލިބިދާނެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އައިފޯން 12ގައި ހެޑްސެޓާއި ޗާޖަރު ނުހިމެނުމުގެ ސަބަބުން އެޕަލް އަށް ޖޯކު ޖެހުމަށްފަހު، ސެމްސަންގުން ވެސް އެ ބްރޭންޑުގެ އެސް30 ފޯނާއެކު ޗާޖަރާއި ހެޑްސެޓް ނުލިބިދާނެ ކަމަށް ބޭރުގެ ބައެއް ރިޕޯޓްތައް ބުނެފިއެވެ. މިފަދަ ގޮތަކަށް ރިޕޯޓް ކޮށްފައި ވަނީ ސެމްސަންގު އުފައްދާ ގައުމު ކަމުގައިވާ، ސައުތު ކޮރެއާގެ ބައެއް މީޑިއާ ތަކުންނެވެ.

Ads by Sosun Fihaara

ސެމްސަންގުން އެންމެ ފަހުން ލޯންޗު ކުރި ފޯނަކީ ގެލެކްސީ އެސް20 ސީރީޒްއެވެ. އެފޯނާއެކު ޗާޖަރާއި ހެޑްސެޓް ހިމަނާފައިވީ ނަމަވެސް 2021 ވަނަ އަހަރުގެ ކުރީކޮޅު ލޯންޗު ކުރުމަށް ހަމަޖެހިފައިވާ އެސް30 ސީރީޒްއާ އެކު ހިމެނޭނީ ހަމައެކަނި ކޭބަލް އަކާއި ސިމް ލެއްވުމަށް ބޭނުންކުރާ "ޕިން" އެކަނި ކަމުގައި ރިޕޯޓްތައް ބުނެއެވެެ.

އެޕަލްއިން ޗާޖަރާއި ހެޑްސެޓް ދިނުން ހުއްޓާލުމުން އެކަމާ، ސެމްސަންގުން ވަނީ މަލާމާތްކޮށް ވައްބަހުން ޖަހާފައިކަން ފާހަގަ ކޮށްލެވެއެވެ. އެހެން ނަމަވެސް، މިއަދުގެ ބޭރުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި، ސެމްސަންގަށް ވެސް ހިލޭ ފޯނާއެކު ޗާޖަރާއި ހެޑްސެޓް ދިނުމަށްވުރެ، ވަކިން އެތަކެތި ގަންނަން ކަސްޓަމަރުންނަށް ދޫކޮށްލުމުން މާ ފައިދާ ވާނެއެވެ. އެގޮތުން ސެމްސަންގް ޗާޖަރަކީ ވެސް 50 ޑޮލަރު ކަމުގައި ވެސް ރިޕޯޓްތައް ބުނެއެވެ. ހަމަ އެހެންމެ ފޯނާއެކު ހެޑްސެޓް ނުހިމަނާނަމަ ގިނަ ބަޔަކު "އިއާރ ބަޑް" ގަންނާނެ ކަމުގައި ވެސް ރިޕޯޓް ތަކުގައި ބުނެފައިވެއެވެ.

މި ތަކެތި ފޯނާއެކު ސެމްސަންގުން ނުހިމަނަން ނިންމައިފިނަމަ އެއީ، ތިމާވެއްޓާ ވަރަށް ރައްޓެހި ނިންމުމެއް ކަމުގައިވެސް ބޭރުގެ ރިޕޯޓްތަކުން ބުނެއެވެ.

މިކަންތައް ސެމްސަންގުން ޔަގީން ކޮށްދީފައި ނުވާއިރު، މިދިޔަ ހަފްތާގައި ވެސް ސެމްސަންގުން ވަނީ އެޕަލް އަށް ޖޯކު ޖަހައި ޕޯސްޓެއް ކޮށްފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!