Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ޕީޕީއެމް ނަގާފައި އެންމެ ބޮޑު ޕާޓީއަށް "ފިކުރެއްގެ ދިރުން" ވާނެ: ޝިޔާން

ޕީޕީއެމް ނަގާފައި އެންމެ ބޮޑު ޕާޓީއަށް "ފިކުރެއްގެ ދިރުން" ވާނެ: ޝިޔާން

ފީޕީއެމަށް ފަހު ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް އެމްޑީޕީން ވަކިވިި މެމްބަރުން އުފައްދަވަން މަސައްކަތް ކުރާ "ފިކުރެއްގެ ދިރުން" ޕާޓީވާނެކަމަށް އައްދާޒާ ކުރެއްވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ޝިިިިިޔާން ވިދާޅުވީ އެމްޑީޕީގައި ތިބި ސާފު މެމްބަރުން ފިކުރެއްގެ ދިރުމާއި ގުޅޭނެކަން ކަށަވަރު ކަމަށެވެ.

"އަޅުގަނޑުގެ އަންދާޒާއަކ ޕީޕީއެމް ނަގާފައި މި ރާއްޖޭގައި އޮންނާނެ އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އަޅުގަނޑުމެން އަލަށް އުފައްދަން މި ތައްޔާރުވާ ސިޔާސީ ޕާޓީ، އަޅުގަނޑުމެން ދާނީ ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް އެމްޑީޕީގައި ތިބި ސާފު މެމްބަރުން ޕާޓީ ދޫކޮށް އަޅުގަނޑުމެން މިހަދާ ޕާޓީއާ ގުޅޭނެކަން ކަށަވަރު އިންޝާ ﷲ" ޝިޔާން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވި މުހިންމު މެމްބަރުން ތަކެއް ވަނީ ދާދިފަހުން ޕާޓީން ވަކިވެފައެވެ.

މިގޮތުން ޕާޓީން އިސްތިއުފާ ދެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ ހަސަން ލަތީފް، އީވާ، އިލްޔާސް ލަބީބް، އިމްތިޔާޒް ފަހުމީ، ޔާސިރު އަބްދުއްލަތީފް، އިބްރާހިމް ރަޝީދު (ބޮންޑޭ)، ހަސަން އަފީފް، ހުސެއިން ފިރުޝާން، މުހައްމަދު ރަޝީދު (ބޯދިގު)، ހަސަން ޝިޔާން، އަހްމަދު ޒާހިރު (ގައްދޫ)އެވެ.މަޖިލިސް މެންބަރުންގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން އަމްރު ވެސް ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީގެ 12 މަޖިލިސް މެންބަރުން އެ ޕާޓީން އަމިއްލައަށް ވަކިވެފައިވަނީ، އެމްޑީޕީން ޢަލީ ޢާޒިމް ވަކިކޮށްފައިވަނިކޮށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް