ކުޑަކަމުދާން ޖެހިފައި ހުރިއްޔާ، ނުގޮސް ގިނައިރު ހިފެހެއްޓުމަކީ ސިއްޙަތަށް ގެއްލުންހުރި ކަމެއް!
އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކުޑަކަމު ދާން ޖެހުމުން ވެސް، އެކަންކުރަން ނުގޮސް ގިނައިރު ހިފަހައްޓައިގެން ތިބޭ މީހުންނެވެ.
ޚާއްސަކޮށް ގެއިން ބޭރުގައި އުޅޭއިރު، އުޅޭ ތަނެއްގެ ފާޚާނާ ހަޑިކަމުން ނުވަތަ އެއީ އަމިއްލަ ގޭގެ ފާޚާނާ ނޫންވީމަ އެތަނަށް ދާން ހިތްހަމަ ނުޖެހިގެން ގިނަ މީހުން ފާޚާނާއަށް ނުގޮސް ގިނައިރުތަކެއް ވަންދެން ކުޑަކަމުދިޔުން ހިފަހައްޓައިގެން ތިބެއެވެ.
ނަމަވެސް ކުޑަކަމު ނުގޮސް ގިނައިރުތަކެއް ވަންދެން ހިފަހައްޓައިގެން ހުރުމަކީ ސިއްޙަތަށް ވަރަށް ގެއްލުން ހުރި ކަމެއްކަމަށް ސައިންޓިސްޓުން ވެސް ވަނީ ބުނެފައެވެ.
ސައިންޓިސްޓުން ބުނެފައިވަނީ، ކުޑަކަމުދާން ޖެހުމުގެ ކުރިން ކޮންމެ އިންސާނެއްގެ ބްލެޑަރ އަށްވެސް ހިފެހެއްޓޭނީ ބައި ލީޓަރުގެ ކުޑަކަމުދާ ނިޒާމު ކަމަށެވެ. އޭގެފަހުން އެނިޒާމް އިތުރުވެ، ވީހާވެސް އަވަހަކަށް ބްލެޑަރ ހުސްކުރަން ޖެހޭނެ ކަމަށް އެބޭފުޅުން ވަނީ ލަފާދީފައެވެ.
ބައެއް ސައިންސްވެރިން ބުނެފައިވަނީ ގިނައިރުތަކެއް ވަންދެން ކުޑަކަމު ނުގޮސް ހިފަހައްޓައިގެން ހުރުމުން، ހަށިގަނޑަށް ގެއްލުންވާ އެތަކެއް ބެކްޓީރިއާއެއް އުފެދޭނެ ކަމަށާއި އެކަމުގެ ސަބަބުން ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއާއި) ނުވަތަ ބްލެޑަރ އިންފެކްޝަން ޖެހެން މަގުފަހިވާ ކަމަށެވެ. އަދި މިއީ ފުރާނައަށް ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ސައިންވެރިން ބުނެފައިވެއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން ސައިންސްވެރިން ކިޔައިދީފައި ވަނީ ޑެނިޝްގެ އެސްޓްރޮނޮމަރ އަދި އެލްކެމިސްޓް ޓައިކޯ ބްރާހޭ ގެ ވާހަކައެވެ. ޓައިކޯ ބްރާހޭ އަކީ ވަރަށް ހުނަރުވެރި ސައިންޓިސްޓެއް ކަމަށާއި ސައިންޓިފިކް ލިޓެރޭޗަރ އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތެއްކަން ފާހަގަ ކޮށްފައިވެއެވެ.
ނަމަވެސް ބްރާހޭ މަރުވީ، ކުޑަކަމުދާން ޖެހުނު ވަގުތެއްގައި ޖަލްސާއެއްގައި ހުރެފައި ނުގޮސް ގެއަށް ދެވެންދެން މަޑުކުރުމުން ކަމަށް "ސައިންސް އެލާރޓް" ގައި ބެކް ކްރޫ ލިޔެފައިވެއެވެ. އޭނާ ބުނީ ބްރާހޭ ގެއަށް ގޮސް ކުޑަކަމުދާން އުޅުމުން އެކަން ނުކުރެވުނު ކަމަށާއި އެކަމަށް ފަރުވާ ކުރުމުގެ ތެރޭގައި ބްރާހޭ ގެ ބްލެޑަރ ފަޅައިގެން ގޮސް މަރުވީ ކަމަށެވެ. ޓައިކޯ ބްރާހޭ އަކީ ކުޑަކަމުދާން ޖެހުމުން ވަރަށް ގިނައިން އެގޮތަށް ނުގޮސް ހިފަހައްޓާ މީހެއްކަން ވެސް ބެކް ވަނީ ފާހަގަ ކޮށްފައެވެ.
އެހެންކަމުން ގިނައިރު ކުޑަކަމު ނުގޮސް ހިފެހެއްޓުމުން، ސީރިއަސް ސިއްޙީ މައްސަލަތަކާއި ކުރިމަތިވާނެ ކަމަށާއި ވަރަށް ބޮޑަށް ޖަރާސީމު އުފެދި އިންފެކްޓު ވާނެކަމަށް ސައިންވެރިންނާއި ސިއްޙީ މާހިރުން ވަނީ ބުނެފައެވެ.
ފާހިޝް ކަން ކަމައް މަގުފަހި ވާގޮތައް އަންހެން ކުދިންގެ ޢައުރަ ފެންނަ ފޮޓޯތަށް މީސް މީޑިއާ ގަ އިސްތިހާރު ކުރުމަކީ ބޮޑު ފިތުނަ އެއް އެކަމުގެ ސަބަބުން އުފެދޭނެ ކަމެއް ދާއިމީ ގޮތެއްގަ ފާހިޝް ކަން ކަން ފަތުރާ މީހުން ޤިޔާމައް ދުވަހު ބޯޑުވެގެންވާ ޢަޒާބު ލިބޭނެ