ރައީސްގެ ކެމްޕޭން ޝިޢާރަކަށް "އުފާވެރި އަމާން ރާއްޖެ" ހަމަޖައްސައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭން ޝިޢާރަކަށް "އުފާވެރި އަމާން ރާއްޖެ" ހަމަޖައްސައިފިއެވެ.
ރައީސްގެ ކެމްޕެއިން ޝިޢާރު ހާމަކުރުމާއެކު އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ މީސްމީޑިއާގައި އެ ޝިޢާރު ބޭނުންކުރަމުންނެވެ.
ޝިޢާރުގެ ވަށައިގެން ރާއްޖޭގެ ޗާޓު ފެންނަން ހުންނައިރު، މެދުގައި "އުފާވެރި އަމާން ރާއްޖެ" ލިޔެފައިވެއެވެ.
<img class="alignnone size-medium wp-image-188941" src="https://cdn.dhen.mv/wp-content/uploads/2023/07/big_dAdZOjrzwNb8480gn0fJm4UMK-300x300.jpg" alt="" width="300" height="300" />
ރައީސްގެ ކެމްޕޭން ޝިޢާރު އިޢުލާނުކޮށްފައި މިވަނީ ރިޔާސީ އިންތިޚާބާ ގުޅޭ ކެމްޕޭން ދަތުރުތައް ބޮޑު އީދުގެ ފަހުން ރަސްމީކޮށް ފައްޓަވާނެކަމަށް އެމްޑީޕީން ބުނެފައިވަނިކޮށެވެ.
ކެމްޕެއިން ދަތުރުތައް ފަށްޓަވާއިރު އެންމެ ފުރަތަމަ ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ށ. ފޯކައިދޫއަށް ކަމަށް މަޢުލޫމާތުލިބެއެވެ.
ރައީސް ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ވާދަކުރައްވައި ކުރި ހޯއްދެވުމަށްފަހުގައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީ ތެރޭގައި ވަކި ފެކްޝަނެއް އުފައްދަވައިފައެވެ.
ރައީސް ނަޝީދު ދާދިފަހުން އެމްޑީޕީން ވަކިވެވަޑައިގަންނަވާފައިވާއިރު، އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްކުރަމުންނެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިހާރު ދީފައިވާއިރު، ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސް މި މަހު 5 ވަނަ ދުވަހު ބާއްވާނެ ކަމަށް ޢިއުލާނުކޮށްފައިވެއެވެ.
ދަ ޑިމޮކްރެޓްސް ޕާޓީއަށް ރައީސް ނަޝީދު އަދި ސޮއިކުރައްވާފައިނުވި ނަމަވެސް، އެ ޕާޓީގެ ޖަލްސާގައި ބުދަ ދުވަހު ބައިވެރިވެވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.






ކޮމެންޓް