Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމައަށް ތާވަލްކޮށްފި

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމައަށް ތާވަލްކޮށްފި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް މާދަމާ ބޭއްވުމަށް އަނެއްކާވެސް ތާވަލުކޮށްފިއެވެ.
ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ފަށާފައިވާއިރު، މާދަމާގެ އަޑު އެހުން ތާވަލުކޮށްފައި ވަނީ ހެނދުނު ނުވައެއް ޖަހާއިރަށެވެ. މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.
ފުއްގިރި މައްސަލައިގެ އަޑު އެހުމެއް މާދަމާއަށް އަނެއްކާވެސް މި ތާވަލުކުރީ، މިދިޔަ ހަފްތާގައި ބާއްވަން މަސައްކަތް ކުރި އެއްވެސް އަޑު އެހުމެއް ނުބޭއްވި އޮތުމަށް ފަހުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް