ޚަބަރު

ކޮވިޑް-19: ފުޅަދޫއިން 2 މީހަކު ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބ. ފުޅަދޫއިން 2 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

އެރަށުން ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީންނެވެ.

ފުޅަދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި ހޯމް ކަރަންޓީނުގައި ހުރި 2 މީހެއްގެ ސުންކު ވަނީ މިއަދު ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ވެސް އެފަރާތުން ވިދާޅުވިއެވެ.

ފުޅަދޫ ސިއްހީ މަރުކަޒުން ވަނީ ރަށުގެ ހުރިހާ ރައްޔިތުން ވެސް މިކަމަށް ސަމާލުވުމަށް އެދިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!