ދުނިޔެ

ކޮވިޑް-19 އަށް ފްރާންސުން އިއްޔެ ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އަށް ފްރާންސުން އިއްޔެ ރެކޯޑް އަދަދަކަށް މީހުން ފައްސި ވެއްޖެއެވެ.

Ads by WAMCO

އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނި ވެސް އިތުރު 60,486 މީހަކު ވަނީ ފައްސިވެފައެވެ. މިއީ އެއް ދުވަހެއްގައި އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވި ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

އަދި މިދިޔަ 24 ގަޑިއިރުތެރޭގައި އިތުރު 828 މީހަކު ހިމެނޭހެން ފްރާންސުން ކޮވިޑް ބަލީގައި ޖުމްލަ 39,865 މީހަކު ވަނީ މަރުވެފައެވެ.

ފްރާންސްގެ އިތުރުންވެސް ޔޫރަޕުގެ އެހެން ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. ފްރާންސްގައި މާރިޗު މަހާއި އޭޕްރިލް މަހުގެ ފަހުން ބަލީގެ ހާލަތަށް ކޮންމެ ވެސް ވަރެއްގެ ހިފެހެއްޓުމެއް އައިސްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވީފަހުން ނުރައްކާ ބޮޑުވާން ފެށީ އޮގަސްޓު މަހުން ފެށިގެންނެވެ.

މިވަގުތު ދުނިޔެއިން 5 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކީ ވެސް ފްރާންސެވެ. އެގޮތުން ފްރާންސްގެ ހާލަތު އިންތިހާޔަށް ގޯސްވެފައި ވާއިރު މިވަގުތު އެޤައުމުގައި 4300 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

އެގޮތުން ފްރާންސުން ރެކޯޑް އަދަދަކަށް މީހުން ފައްސިވުމާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,601,367 އަށް އަރާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!