Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑރ. ވަހީދަކީ ރިޔާސީ ޓިކެޓަށް ތިރިކޮށްލި "ބާޒެއް" : އަދުރޭ

ޑރ. ވަހީދަކީ ރިޔާސީ ޓިކެޓަށް ތިރިކޮށްލި "ބާޒެއް" : އަދުރޭ

ޕީޕީއެމްގެ ރިޔާސީ ޓިކެޓާއި ގުޅޭގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ދެއްކެވި ވާހަކަތަކަށް ޕީޕީއެމް-ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްދު ދެއްވައިފ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓާއި މެދު އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން ވަހީދު ދާދިފަހުން ވަނީ އެ ޕާޓީނ ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަހީދު ވިދާޅުވީ ޕީޕީއެމުން ނިކުތީ މަޖުބޫރުވެގެން ކަމަށާއި އެއީ ޕީޕީއެމުން ރިޔާސީ އިންތިހާބަށް ނިކުތުމަށް އެއްވެސް މީހަކަށް ފުރުސަތު ނުދިނުމުން ކަމަށެވެ.

Advertisement
Allied — Dhen Online (box)

"އަޅުގަނޑު އުއްމީދުކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަމަށް ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހިނދެއްގައި،" ވަހީދު ވިދާޅުވި އެވެ.

ވަހީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މިއަދު ވ. ފުލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ކޮންމެ މީހެއްގެ ވެސް ކޮންމެވެސް މިންވަރެއްގެ ލަދުހަޔާތެއް ހުންނަން ވާނެ ކަމަށާއި ޔާމީން ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން ދެ ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުންނަށް ނިކަމެތިކަން ލިބުނުއިރު ވަހީދުގެ ފަރާތުން އެހީތެރިކަމެއް ލިބިގެން ގޮސްފައި ނުވާ ކަމަށެވެ.

"އެ ވިދާޅުވާ، ކަނެކްޝަންތައް ހުރިއިރު، ކީއްވެގެންތޯ އެ ކަނެކްޝަންތައް ބޭނުންކޮށްގެން ރައީސް ޔާމީން މިނިވަން ކުރަން މަސައްކަތް ނުކުރެއްވީ؟ ކޮން ތާކަށް ގޮއްސަތޯ އެ ވާހަކަ ދެއްކެވީ؟ ކުރީގެ ރައީސްގެ ހައިސިއްޔަތުން ކޮން ބަޔާނެއްތޯ ނެރުއްވީ؟" އަދުރޭ ވިދާޅުވި އެވެ.

"މީގެއިން އެއްވެސް ކަމެއް ނުކުރައްވާ ހުންނަވާފައި، ބަންކިޔާފައި އައިސް ބާޒެއްހެން އަޅުގަނޑުމެންގެ މައްޗަށް ޖެހިގެންފައި ޓިކެޓް ހޯދަން މިއައީ،"

އަބްދުއްރަހީމް ވަނީ އޭނާ ހުންނެވީ ވަހީދުގެ ވާހަކަތަކަށް ރައްދު ދެއްވާ ގޮތަކަށް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައްދު ދެއްވަން ޖެހުނީ ވަހީދު 'ތަންކޮޅެއް ލަދު ހަޔާތް ކުޑަކޮށް' ވާހަކަފުޅު ދެއްކެވުމުން ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް