ދުނިޔެ

ކަމަލާ ހެރިސް: އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ނައިބު ރައީސް ކަމުގެ މަޤާމަށް ކަމަލާ ހެރިސް ހޮވި ވަޑައިގެންފިއެވެ.

Ads by Sosun Fihaara

އިންތިހާބީ ނައިބު ރައީސް ކަމުގެ މަގާމަށް ކަމަލާ ހޮވިވަޑައިގެންފައި މިވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކޮށް އިންތިހާބީ ރައީސް ޖޯ ބައިޑެން އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެންނެވެ.

އުމުރުން 56 އަހަރުގެ ކަމަލާ ހެރިސް އަކީ އިންޑިއާ އަދި ޖަމައިކާ އަށް ނިސްބަތްވާ އާއިލާއަކަށް ނިސްބަތްވާ ބޭކަނބަލެކެވެ. އެކަމަނާއަކީ އެމެރިކާގެ ނައިބު ރައީސް ކަމަށް އެންމެ ފުރަތަމަ އިންތިހާބުވެ ވަޑައިގެން އިންޑިއަން އެމެރިކަން ގެ އިތުރުން ކަޅު ނަސްލުން ވެސް އެމެރިކާއަށް އިންތިހާބުވެ ވަޑައިގަތް ފުރަތަމަ ނައިބު ރައީސްއެވެ.

ކަމަލާ ހެރިސް އުފަންވީ ކެލިފޯނިއާ ގެ އޯކްލޭންޑުގައި ް964 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 20 ވަނަ ދުވަހުގައެވެ.

ޑިމޮކްރެޓްގެ ފަރާތުން އެމެރިކާގެ ސެނެޓަށް އެންމެ ފުރަތަމަ އެކަމަނާ ހޮވިވަޑަައިގެންނެވީ 2016 ވަނަ އަހަރުގައެވެ. ރެޕްރެޒެންޓުކުރީ އުފަން ސްޓޭޓް ކެލިފޯނިއާ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!