Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ފިތުނަ ފެތުރުން ނޫން އިތުރު ކަމެއް އިދިކޮޅުން ނުކުރޭ: ޝާހިދު

ފިތުނަ ފެތުރުން ނޫން އިތުރު ކަމެއް އިދިކޮޅުން ނުކުރޭ: ޝާހިދު

ފިތުނަ ފެތުރުން ނޫން އެއްވެސް ކަމެއް އިދިކޮޅުން ނުކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ރޭ ގދ. ތިނަދޫއަށް ވަޑައިގެން ބޭއްވި އުފާވެރި އަމާން ރާއްޖެ، ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ އިދިކޮޅުން މަސައްކަތްކުރަނީ، ރައްޔިތުންގެ މެދުގައި ފިތުނައާއި ނަފްރަތާއި ރުޅިވެރިކަން އުފައްދަން ކަމަށެވެ.

އަދި ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ މުޢާމަލާތްތަކަކީ ބައިނަލްއަޤްވާމީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް ހިނގާފައިވާ މުޢާމަލާތްތަކެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އެގޮތުން ފުރަތަމަ ހެލިކޮޕްޓަރު ދިވެހިރާއްޖެއަށް ގެނައީ، 2011 ވަނަ އަހަރު ކަމަށާއި އޭރު ވެރިކަމުގައި ހުންނެވީ ރައީސް މުޙައްމަދު ނަޝީދު ކަމަށް ޝާހިދު ވިދާޅުވިއެވެ. ދެވަނަ ހެލިކޮޕްޓަރު ދިވެހިރާއްޖެއަށް ގެނައީ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރު ކަމަށް ޝާހިދު ވިދާޅުވިއެވެ.

“އެހެންވީމާ މިހާރުވެސް އެ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އެ އޮތީ، އެ ދެ ހެލިކޮޕްޓަރުން އުފުލަމުން ގެންދަނީ ދިވެހި ރައްޔިތުން. ނިކަމެތި ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތުގައި” ޝާހިދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް