ލައިފްސްޓައިލް

ކައިވެންޏެއް ކުރުމުގެ ކުރިން ކޮންމެހެން ވެސް މިކަން ދަންނަން ޖެހޭ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮންމެ މީހަކު ވެސް ދިރިއުޅުމުގެ ވަކި ހިސާބަކުން ޒަވާޖީ ހަޔާތެއް ފަށާއިރު އެކަމުގެ ކުރިން ދަންނަންޖެހޭ ބައެއް ކަންކަން އެބަ ހުއްޓެވެ.

Ads by STELCO

އެގޮތުން ކައިވެނި ކުރުމުގެ ކުރިން ތިމާގެ ޙަޔާތަށް ގެންނަ ބައިވެރިއަކީ ތިމާއަށް ފުރިހަމަ އިތުބާރެއް ކުރެވޭ ވަރުގެ މީހަކަށް ވާން ޖެހެއެވެ. ތިމާގެ ހިތް އަނެކާއަށް ހަދިޔާ ކުރާއިރު، އެހަދިޔާ ކުރެވެނީ ރަނގަޅު މީހަކަށްތޯ ވެސް ދަންނަން ޖެހެއެވެ.

ސަބަބަބީ ތިމާ މީހަކަށް ތިމާގެ ހިތް ހަދިޔާ ކުރާއިރު، އެއާ އެއްކޮށް ތިމާގެ ދިރިއުޅުމުގައި ދިމާވާ އެތައް ކަމެއް ވެސް އޭނައާ ހިއްސާ ކުރެވޭނެތީއެވެ. ތިމާގެ އަމިއްލަ އެތައް ކަމެއް އޭނައާ ހިއްސާ ކުރެވޭނެތީއެވެ. އެފަދަ ކަންކަން ހިއްސާ ކުރާއިރު، ފަހުން އެކަންތައް ހިއްސާ ކުރެވުނީތީ ދެރަނުވާ ވަރުގެ މީހަކާ ތިމާ ގުޅުން ވަރަށް މުހިންމެވެ.

ކައިވެންޏެއް ކުރާއިރު ބަލަންވީ ހަމައެކަނި އަނެކާގެ ސިފައަކަށް ނޫނެވެ. އަނެކާގެ އަޚްލާގާއި މިޒާޖަށް ވެސް ބަލަން ޖެހޭނެއެވެ. އަނެކާއަކީ ދީނީ ކަންކަމަށް ލޯބިކުރާ މީހެއްނަމަ އެއީ ޖަވާހިރެއްފަދަ ބައެކެވެ. އެހެން ނަމަވެސް މިޒަމާނުގައި އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ސިފައަށް ބަލާ ގުޅެއް ބޭނުންވާ މީހުން ނުވަތަ ކުދިން އިތުރުވުމެވެ.

މިކަންކަަމަކީ ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން ތިމާ ކޮންމެހެން ވެސް ބެލުން ވަރަށް މުހިންމު ކަންކަމެވެ. ތެދުވެރިކަމާއި، އިތުބާރު ހިފޭ މީހެއްކަމުގައި ވޭތޯ ބެލުން ވަރަށް މުހިންމެވެ. އެހެން ނޫންނަމަ ފަހުން އެކަމާ ކުރަން ޖެހޭ ހިތާމަ މާ ބޮޑުވެދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!