ލައިފްސްޓައިލް

“މަންމަ” މިލަފުޒަށް ލިބިގެންވާ ޤަދަރު އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މަންމައަކީ ތިމާ ދުނިޔެއަށް އައުމުގެ އަސްލެވެ. ތިމާގެ ކާމިޔާބު ވެފައިވާ ދިރިއުޅުމުގެ ހަގީގީ އަސްލެވެ. ތިމާ އަކީ އެމަންމަ ދެކެމުން އައި ފޮނި އުއްމީދުތަކެވެ. ތިމާއަށް ޓަކައި އެފަކީރު ވީ ޤުރުބާނީއާއި އުފުލި ބުރަ ދުވަހަކު ވެސް ތިމާއަށް ތަސައްވަރެއް ނުކުރެވޭނެކަން ޔަގީނެވެ.

Ads by Sosun Fihaara

މިސާލަކަށް ތިމާ ހިނގަމުން ދަނިކޮށް ސިއްސައިގެން ގޮސްފިނަމަ އެންމެ ފުރަތަމަ ވެސް ގޮވާލެވެނީ މަންމައަކަށް ނޫންތޯއެވެ؟ އެކަމުން ވެސް ތިމާގެ ޙަޔާތުގައި ތިމާގެ މަންމައަށް ޓަކައި އުފެދިފައިވާ މާތް މަގާމު އެބަ އެނގިގެން ދެއެވެ. ތަނަކަށް ތަދުވިޔަސް ބޭއިޚުތިޔާރުގައި ގޮވާލެވެނީ ތިމާގެ މަންމައަކަށް ނޫންހެއްހެވެ؟

ބޮޑުވަމުން އަންނައިރު ތިމާއަށް ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން ދަސްކޮށް ދެނީ ވެސް ހަމަ ތިމާގެ މަންމައެވެ. މައެއްގެ މަސައްކަތް ހަމަ އެހާމެ މާތް ވެފައި ބުރައެވެ. އެހެން ނަމަވެސް ދުވަހަކު ވެސް އެކަމާ ޝަކުވާ ކުރާ އަޑު އިވުނު ހެއްޔެވެ؟ ނީވޭނެއެވެ. މައިންނަކީ އެއަށް ވުރެ މާތް ހިތްވަރު ގަދަ އަދި އެހާމެ މާތް ބައެކެވެ.

މިއަދު ތިމާގެ މަންމަގެ ގައިބާރު ދޫވެ އެނދުމަތި ވުމުން އެކަމާމެދު ލަދު ގަންނަންވީއެއް ނޫނެވެ. ބަދަލުގައި އެފަކީރު ތިބާއަށް ކޮށްދިން ބުރަ މަސައްކަތުގެ އަގު އަދާ ކުރެވޭތޯ މަސައްކަތް ކުރާށެވެ. އަދި އެމީހުންނަށް ހެޔޮ ދުޢާ ކޮށްދޭށެވެ. ކައިރީގައި ތިމާގެ މަންމަ ނެތުމުން ވާނެ އިހުސާސް އެއީ އަދި މާ ހިތާމަވެރި އަދި އެހާމެ ވޭން ހުރި އިހުސާހެކެވެ. ވަގުތު ފާއިތުވުމުގެ ކުރިން މައިންނާ ދޭތެރޭ ހެޔޮކޮށް ކަންތައް ކުރާށެވެ. އެމީހުންގެ ފައިތިލަ ދަށުން މެނުވީ ސުވަރުގެއަށް ނުވަދެވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!