ދެން ފުރަމަލަ

ދިވެހި ފިިރިހެނުންގެ ހިތްތައް ކަތިލަމުން އަންނަ އާޝާ މިހާރު ހުރީ ސިންގަލްކޮށް، ހުރިހާ ސަމާލުކަމެއް ކެރިއަރަށް

  • ދިވެހި ފިލްމީ ތަރި އައިމިނަތު ރަޝްފާ އޭ ބުނެފިނަމަ މި ދައްކަނީ ކާކުގެ ވާހަކަ ކަން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް އާޝާ އޭ ބުނެފި ނަމަ އެނަން ނުދަންނާނެ ދިވެއްސެއް މިހާރު ނޫޅޭނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހި ފިލްމީ ތަރި އައިމިނަތު ރަޝްފާ އޭ ބުނެފިނަމަ މި ދައްކަނީ ކާކުގެ ވާހަކަ ކަން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް އާޝާ އޭ ބުނެފި ނަމަ އެނަން ނުދަންނާނެ ދިވެއްސެއް މިހާރު ނޫޅޭނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

Ads by Hajj Corporation

ދިވެހި ފިލްމީ ދާއިރާއިން އަލަށް ފެނުނު ޒުވާން މޫނުތަކުގެ ތެރެއިން އެންމެ ކުޅަދާނަ ތަރިންގެ ލިސްޓު ކުރީގައި އާޝާ އަންނަނީ ފިޔަ ޖަހަމުންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ބޮޑު މަގުބޫލުކަމާއެކު އާޝާ ވަނީ އާ މޫނަކަސް އެހެން ފަންނާނުންނަކަށް ވަކި ދޫނުކުރާނެ ކަން ހާމަ ކޮށްދީފައެވެ.

އާންމުންގެ ތެރެއަށް މަޝްހޫރުވެގެންދިޔައީ "މިއުޒިކަލީ" އިން

ގިނަ ބަޔަކު އާޝާ ދަންނަނީ ޓިކްޓޮކް އިން ފެނިގެން ދިޔަ ތަފާތު އެކި އެކި ވީޑިއޯތަކުންނެވެ. އާޝާ މަޝްހޫރުވެގެން ދިޔައީ ވެސް ޓިކްޓޮކް އާޝާގެ ގޮތުގައެވެ. ޓިކްޓޮކް ނުވަތަ ކުރީގެ ނަމުން ނަމަ "މިއުޒިކަލީ" ރާއްޖެއަށް ތައާރަފްވި ދުވަސްވަރު އެންމެ ގަދައަށް ވީޑީއޯތައް ކުޅުނު އެކަކީ އާޝާ އެވެ.

ޑާކްރެއިންގެ "ގޮށްރާޅުން" ސިނަމާއަށް ތައާރަފްވި އާޝާ ބުނި ގޮތުގައި އަސްލު މިއުޒިކަލީ (މިހާރުގެ ޓިކްޓޮކް) ކުޅެން ފެށީ އެކްޓިން ދަސްކުރުމުގެ ގޮތުންނެވެ. "ގޮށްރާޅު" ކުޅެމުން މިއުޒިކަލީ ބޭނުން ކޮށް ވީޑިއޯ ކުޅެން ފެށީ މިއުޒިކަލީގެ އޯޑިއޯތައް ބޭނުންކޮށް އެކްޓު ކުރުމަށް ގެންނަން ޖެހޭ ތަފާތު އެކި އެކްސްޕްރެޝަންތައް މޫނު މައްޗަށް ގެނައުމަށް ފަސޭހަވެ، އެކްޓު ކުރަން އިތުރަށް ދަސްކުރަން ބޭނުން ވާތީއެވެ.

ވާންބޭނުންވީ ކެބިން ކްރޫއަކަށް، އެކްޓިންގެ ދާއިރާއަށް ވަދެވުނީ ރައްޓެއްސެއްގެ ސަބަބުން

ފިލްމީ ދާއިރާއިން ފެންނަ ތަރިންގެ ތެރެއިން ގިނަ މީހުންނަކީ ކުޑައިރުއްސުރެ ފިލްމު ކުޅެން ޝައުގު ހުރެގެން މި ދާއިރާއަށް ނިކުންނަ މީހުންނެވެ. ނަމަވެސް އާޝާ ބުނި ގޮތުގައި އޭނާއަކީ މާބޮޑަށް ފިލްމު ކުޅޭ ހިތްވި މީހެއް ވެސް ނޫނެވެ. ކުޑައިރު މަންމަމެން ބެލި ޑްރާމާތައް ބެލި ނަމަވެސް ސުކޫލު ދައުރުގައި ވެސް އެކްޓިން އާ ގުޅުން ހުރި އެއްވެސް ކަމެއް އާޝާ ކޮށްފައެއް ނުވެއެވެ. އަދި ކުރާ ހިތްވެސް ނުވެއެވެ.

އަވައްޓެރި ލަންކާއިން ކެބިންކްރޫ ކޯސް ހަދައިގެން މާލެ އައި އާޝާ ނިކުންނާނީ ފިލްމީ ދާއިރާއިން ކަމަށް އޭނާ ކުޑަވެސް އުންމީދެއް ނުކުރެއެވެ. ނަމަވެސް މާލެ އައި ތަނުން ރައްޓެއްސަކު ދިން "އޮފާ" އަކުން ރާއްޖޭގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް ޑާކްރެއިންގެ ފިލްމެއްގެ ސަޕޯޓިން އެކްޓްރެސްގެ ރޯލު ހޯދީ އޮޑިޝަނަކާ ވެސް ނުލައެވެ.

"ރައްޓެއްސަކު ބުނީ ޓްރައި ކޮށްލަން ވީނުންހޭ. އެހެންވެ އަސްލު ގޮށްރާޅަށް ޓްރައިއެއް ދިނީ. ދެން ދިޔައީ ޑައިރެކްޓަރު ޝިނާން އާ ބައްދަލުކޮށްލަން. ގޮސްފަ ވާހަކަ ދައްކާލީ. އެއްވެސް ކަހަލަ އޮޑިޝަންއެއް ވެސް ނުކުރަން"

ގޮށްރާޅުގައި ކުޅެލަން ލިބުނު ސަޕޯޓިން ރޯލު އާޝާ ކުޅުނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އާޝާގެ ކުޅަދާނަކަމާއި ހުނަރުވެރިކަން އެތައް ބަޔަކަށް ދައްކާލާ، ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ރާޑަރުތަކަށް އަރަމުންނެވެ.

އާޝާ ބުނި ގޮތުގައި މިހާރު އަންނަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފުރަތަމަ ފިލްމަކަށް ފާހަގަކުރީ އާޝާ ލީޑު ރޯލަކުން ފުރަތަމަ ފަހަރަށް ފެނިގެންދާ "ބަޅިނދު" ފިލްމެވެ. "ބަޅިނދު" ފިލްމަކީ ވެސް ޑާކްރެއިންގެ ފިލްމެކެވެ. "ބަޅިނދު"ގެ އިތުރުން ވެސް "ބީވީމާ" އަދި "ގުޅުން" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް އާޝާ ކުރަމުން އަންނައިރު، ކުރިއަށް އޮތީ އާޝާގެ މުޅިން ވެސް ލީޑު ރޯލްތަކެވެ.

ބޭނުންވަނީ ދާއިރާގައި ދެވުނު އެންމެ އުހަކަށް ދާން

އެންމެ ފުރަތަމަ ސިނަމާއިން ފެނިގެން ދިއުމާއެކު ލިބުނު ލޯތްބާއެކު މިހާރު އާޝާ އަމާޒު ހިފާފައި ވަނީ މި ދާއިރާގައި ދެވުނު އެންމެ އުހަކަށް ދާށެވެ. އެކަމަށް އާޝާ އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އެކި މީހުންގެ ފަރާތުން ލިބެމުން އައި ތަފާތު ފާޑު ކިޔުންތަކާ ނެގަޓިވް ކޮމެންޓުތަކާ އެކު އުޅެން ދަސްކޮށް އާޝާ މިވަނީ ދުވަހަކު ވެސް "ގިވް އަޕް" ނުކުރުމަށް ނިންމާފައެވެ. މި ދާއިރާގައި ދިމާވީ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވެސް އާޝާ ފާހަގަކުރީ އޭނާގެ ހިތް މަރަމުން އައި ނެގަޓިވް ކޮމެންޓުތަކެވެ. ނަމަވެސް އާޝާ މިހާރު ގަބޫލުކުރާ ގޮތުގައި ނެގަޓިވް ކޮމެންޓު ދޭ މީހުންނަށްވުރެ އޭނާއަށް ލޯބިދޭ މީހުން މާ ގިނައެވެ.

"ކުރީގަ ވެއްޖެއްޔާ ލިބޭ ހުރިހާ ނެގަޓިވް ކޮމެންޓްސްއެއްހެން ކިޔަން. ދެން އޭރުގަ މިކަހަލަ ކޮމެންޓުތައް ކިޔާފަ އަމިއްލަ މީހާ ޑިޕްރެޝަންއަށް ދޭ. ދެން އާއިލާއާ ރައްޓެހިންވެސް ބުނީ އެކަހަލަ ކޮމެންޓުތައް ނުބަލާށޭ. ކޮމެންޓުތައް ބަލަންޏާ ހަމަ އަށް ދެރައޭ ވާނީ. އޭގެ ފަހުން ނުބަލަން. މިހާރު ހަމަ އެނގޭ އުޅެން ނެގަޓިވް ކޮމެންޓުތަކާ އެކީގަ"

ވަރުން ބުނީ އާޝާއަށް ވާނެއޯ، މުޅި މީހާ ފިނިވި

ދިވެހި ގިނަ ފަންނާނުންނަކީ ބޮލީވުޑު ތަރިން އިންސްޕިރޭޝަންގެ ގޮތުގައި ބަލައިގެން އުޅޭ ތަރިންނެވެ. އެގޮތުން އާޝާގެ ވެސް ބޮލީވުޑު ކަމުދާ ތަރިންގެ ލިސްޓެއް އޮވެއެވެ. އެކްޓްރެސްއިންގެ ތެރެއިން ކާޖަލްއެވެ. އަދި އެކްޓަރުންގެ ތެރޭގައި އަޖޭ، އަކްޝޭ، ރަންވީރް ސިންގް އަދި ވަރުން ދަވަން އަކީ އާޝާގެ ފެވަރިޓު ލިސްޓުގެ ކުރި ހޯދާ ތަރިންނެވެ.

ދާދި ފަހުން ވަރުން ރާއްޖެއަށް ކުރި ދަތުރުގައި ވަނީ އާޝާއަށް ވީޑިއޯ މެސެޖެއް ހާއްސަކޮށްފައެވެ. މިއީ އާޝާގެ ހަޔާތުގައި އެންމެ އުފާވި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ވަރުން ރާއްޖޭގައި ހުރި ރިސޯޓުގައި މަސައްކަތް ކުރި އާޝާގެ ރައްޓެއްސެއް މެދުވެރިކޮށް އާޝާގެ ވާހަކަ ވަރުން އަށް އިވުމުން ވަރުން ވަނީ އާޝާ އަށް ވީޑިއޯ މެސެޖެއް ހާއްސަކޮށްފައެވެ.

"އާޝާގެ ވާހަކަ ވަރުން އަށް ކިޔައިދިނީމަ އޭނާވެސް އެކްސައިޓް ވެފަ ބުނީ ވީޑިއޯ އެއް ނަގައިދޭނަމޯ، އާޝާ މި ދާއިރާގައި ކުރިއަށް ދާން އޭނާގެ ވިޝް ވެސް ބޭނުމޯ. އާޝާ އަށް ވާނެޔޯ މިކަންތައް. އެއީ އޭނާގެ މެސެޖު އޭނަ ދިން"

އާޝާއަށް ވަރުން އާ ވާހަކަ ދައްކާލަން ފުރުސަތެއް ނުލިބުނު ނަމަވެސް ވީޑިއޯ އަޝާގެ އިންސްޓްގްރާމް ސްޓޯރީގައި ހިއްސާކުރުމުން ވަރުން ވަނީ ސްޓޯރީ ވެސް ބަލާފައެވެ. ވަރުންގެ މެސެޖާއެކު އުންމީދު އާ ވެފައިވާ އާޝާ، މި އުފާވެރި ވަގުތުކޮށް ސިފަ ކޮށްދެމުން ބުނީ އެހިސާބުން މުޅި މީހާ "ފިނި"ވި ކަމަށެވެ.

ވައްތަރީ ޝްރައްދާއާ ތަ؟ނޫނީ ދިޝާއާ ތަ؟

އާޝާގެ މޫނު ސިނަމާއިން ފުރަތަމަ ފެނިގެން ދިއުމާއެކު ގިނަ ބަޔަކު ދެއްކި އެއް ވާހަކައަކީ އާޝާ އާ ބޮލީވުޑު ތަރި ޝްރައްދާ ކަޕޫރުއާ ވައްތަރު ވާހަކައެވެ. މޫނުމަތިން ޝްރައްދާއާ ވައްތަރު ގޮތެއް ހުރި ކަމަށް އޭރު ގިނަ ބަޔަކު ފާހަގަ ކުރިއެވެ. ނަމަވެސް އެ ވާހަކަތައް އާޝާ މާ ބޮޑަށް ގަބޫލެއް ވެސް ނުކުރެއެވެ.

ނަމަވެސް ދިޝާ ޕަޓާނީ ބޮލީވުޑަށް ތައާރަފްވެގެން ދިއުމާއެކު ދެން ދެކެވެން ފެށީ އާޝާ ދިޝާ އާ ވައްތަރު ވާހަކައެވެ. ޚުދު އާޝާ ވެސް، އޭނާ ދިޝާ އާ ވައްތަރު ގޮތެއް ހުންނަ ކަމަށް ގަބޫލުކުރެއެވެ. އާޝާ ބުނި ގޮތުގައި ދިޝާ އާ ޝްރައްދާ ވެސް އެކަކު އަނެކަކާ ވަރަށް ވައްތަރެވެ.

ހުރީ ހުސްހަށިބައިކޮށް

ކުޅަދާނަ އެކްޓަރެއްގެ އިތުރުން އާޝާ އަކީ ގިނަ ބައެއްގެ ހިތްތަކުގައި އޭނާގެ ރީތިކަމަށް ވެސް ޖާގަ ހޯދާފައިވާ ފަންނާނެކެވެ. އާޝާގެ ޖާދޫގައި ޖެހިފައިވާ އެތަކެއް ދިވެހި ފިރިހެނުންނެއް އެބަތިއްބެއެވެ.

މި އެންމެނަށް ވެސް ދޭން އޮތީ އުފާވެރި ހަބަރެކެވެ. އާޝާ މިވަގުތު ހުރީ ހުސްކޮށެވެ. ނަމަވެސް އާޝާގެ ހުރިހާ ވެސް ސަމާލުކަމެއް މިވަގުތު ދެވިފައި ވަނީ އޭނާގެ ކެރިއަރަށެވެ.

ކަލާޔާނުލާ ކުޅެލަން ވަރަށް ބޭނުންވޭ

ދިވެހި ކުރީގެ ފިލްމުތަކުގެ ތެރެއިން ނަހުލާގެ ކަލާޔާނުލާ ފިލްމު ކުޅެލުމަކީ އާޝާ ވަރަށް ބޭނުންވާ ކަމެކެވެ. އެފިލްމުގައި އާޝާގެ އެންމެ ބޮޑު އިންސްޕްރޭޝަން ކަމަށްވާ ނިއުމާގެ ރޯލަކީ އާޝާ އެންމެ ކުޅެން ބޭނުންވާ އެއް ރޯލެވެ. އާޝާ ބުނި ގޮތުގައި ކަލާޔާނުލާ ބަލަމުން ދިޔައިރު، ކަލާޔާނުލާ ޕާޓް 2 ނަމަވެސް ކުޅެލަން ބޭނުމޭ ހިތަށް އެރިއެވެ.

އެންމެ ބޮޑު ޝުކުރެއް އާއިލާ އާއި ޑާކްރެއިން އަށް

އާޝާ ފާހަގަކުރި ގޮތުގައި އޭނާ މިހާ ހަމައަށް އާދެވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އޭނާގެ އާއިލާއިންނެވެ. އާއިލާއިން ދިން ލޯތްބާއި އެހީތެރިކަމާއެކުއެވެ. އާޝާގެ އާއިލާ އަކީ އާޝާގެ ނަންބަރު 1 ފޭންގެ ގޮތުގައި އެނާ ބަލައިގަންނައިރު، އެންމެ ބޮޑު ޝުކުރެއް އަދާކޮށްލަން އާޝާ ބޭނުން ވަނީ ވެސް އާއިލާއަށެވެ.

ފިލްމީ ދާއިރާއިން އާޝާ އެންމެ ބޮޑު ޝުކުރެއް އަދާކުރަން ބޭނުން ވަނީ އޭނާ ފިލްމީ ދާއިރާއަށް ނެރެދިން ޑާކެރެއިން އެންޓަޓެއިންމެންޓަށެވެ. ހާއްސަކޮށް މޮގާ އާއި ޝިނާނުގެ ނަން އާޝާ ފާހަގަ ކުރިއެވެ.

ފޭނުންނަށް ދޭން ބޭނުންވާ މެސެޖު

އާޝާގެ ފޭނުންނަކީ ވެސް އާޝާއަށް ވަރަށް ހާއްސަ ބައެކެވެ. އާޝާ މިހާ ހިސާބަށް އާދެވުމުގައި ފޭނުން ދިން ލޯބި އާޝާ ފާހަގަކުރެއެވެ.

ފޭނުންނަށް ބުނެލަން ބޭނުންވަނީ އުޅޭނެ އޭ އާޝާ ކުރިއަރަން ބޭނުން ނުވާ މީހުން. ނެގަޓިވް ކޮމެންޓުތައް ކުރާ މީހުން. އަދި އެމީހުން ކޮމެންޓެއް ކޮށްލިޔަސް އެހާ އަވަހަށް ގަބޫލު ނުކުރާށޭ. އޭގެ އަނެއް ކޮޅު ވެސް އިންނާނޭ. ހަމަ އެގޮތަށް ސަޕޯޓުކުރައްޗޭ އާޝާއަށް. އިރާދަކުރެއްވިއްޔާ ފޭނުން ލެޓް ޑައުންއެއް ނުކުރާނަން

Ads by Ooredoo
  1. އުހޫމް

    ނާ ހަމަ ތެދެއް؟

  2. ހެއްވާ

    ނެގެޓިވް ކޮމެންޓެއް މިހާރު ނުކިޔަމޯ. އެކަމު ނެގެޓިވް ކޮމެންޓާއެކީ ދިރިއުޅެން ދަސްވެއްޖޯ… މީ އަޅެ ފަހެ ޖޯކެއްތަ؟

    • ހަހަހަ

      މީހުން ނެގެޓިވް ކޮމެންޓު ކުރިއަސް އެ ނުބަލާ އުޅެވޭނެ ހަހަހަހަހަ

      • ދެންލަލަލާ

        އަސަރުކުރާވަރުން ހަޖަމުކުރަންދަތިވާމީހުންވެސްމަދެއްނުވާނެ
        އަޅާނުލާ ރާއްޖެއިންފިލްކުޅެނީހަމައެކަނި އާޟާހެންހީވަނީ
        އަދިވެސްބުނެލަން އޮތީއަޅާވެސްނުލާ ކުރިޔައްދޭ
        އާޟާސާބަހޭ ތިކުރާހިތްވަރައް

        • މަނޫން

          އާޟާމިއުޅޭމީހުންނައް ހަމަހަޖަމު ނުވަނީއޭ މީދެންދޯ
          މަހަމަ ހައްޕުކިޔާގެން މިއިނީ ރައްދު ނުދޭތިމާދަމާ
          އެހެން މީހުނައް ވާނެގޮތެއް އަދިއާޟާޔައް ވާނެ
          ގޮތެއްވެސް ނޭގޭނެ ހަޖަމްކުރަން ދައްނަމެންނޫންދޯ
          އެއްޖެހި ކިޔާހުރިހާ ކުދިންނައް މަހަމަބުނާނީ
          (ޟުކުރިއްޔާއޭ)

      • ދަންނަ

        ކަނޑައެޅިގެން ބޮޑު ހަރާންކަމެއް ސަޕޯޓު ކުރާމީހުނައްވެސް ފާފަވާނެ

  3. ޝިފޫ

    ހުސްކޮން ހުރީ. އެކަމަކު ބީ އެފް އަކީ ޝަރާ ދޯ. ތީ އާ ޖޯކެއް.

  4. ފުޅަކަމަނާ

    ތިމީހުންނަް ކަމުދާނީ މޮޅުކޮއްތު ހޯދައިގެން ކާންދީފައި މޮޅެތިހެން ހީވާތަކެތި ގަނެދީފައި އަތުންފައިން ކަމެއް ނުކުރެވޭވަރަށް މޭކަޕު އުގުޅާފައި އަތުންފައިންކަމެއް ނުޖައްސާ ގިނަވަގުތު ނިދަން ބޭއްވިވަރެއް

  5. ހަނާ

    ޝަކްތީ އާ ވެސް ވައްތަރު ގޮތެއް ހުރޭ

    • ލޯލް

      ޙަހަހަހަހަހާހަޙާަަ

    • މަތުމީ

      މިތަާ ފިލްމީ ތަރިންވެސް އުޅޭތަ! ތިޔައްކިޔާބަލަ ހަށިގަނޑު އިސްތިހާރު ކުރުމާ ވިއްކުމޭ ލިބޭ މަދުލާރި ކޮޅެއްގެ ދަހިވެތި ކަމުގަ ބަޔަކު ހެދިހާކޮތަކައް ހެދިގެން ހަށިގަނޑުގެ ވަނާތައް އިސްތިހާރު ކުރަނީ ތިޔަ ނަފްސުނީލަން ކިޔާލަނީ!

  6. މަކޮސް

    ދީދެން ބޮޑުވަރެއދޯ އާޟާނޫނީ
    އޯމައިޕިޔާ ހަހަހާ ދޫނީހާދަރީތި ފޮޓޯތަކެކޭ އާޟާ
    ދެރަނުވޭ މީހުންބަހުން ނުޖަހާނެ އާޟާގެ މަންމަ އާޟާ
    ވިހައި ދުވަހުމަރުވިނަމަ އެއީދުނިޔޭގަ އާދަ އަޅާވެސްނުލާ
    ހިރުވާތަން ކަހާވެސްނުލާ އެކަބުނަން ބަސްއަހާގެން ވިސް
    ނާގެން އުޅޭތި އިގޭ ދޮނާ

  7. ާޝަފީ

    ޙުރިހާ ލަވައެއްަގަ ބުރި ޖަހާގެން ތީ ކޯއްޗެން މީހަކު މޮޔަވާވަރު މީހެން ވެސް ނޫން ބިޓެންނެތޯ ހުރިހާ ފިރިހެނުންނާ އެއްކޮން ފޮޓޯ ނަގާފަ ވެސް ހުންނަނީ ބައްދާލާގެން ހީވަނީ ބިޓްހެން….

  8. ފަރުކޮއެ

    މަންޖެ ރަގަޅުވާނީީ ފަރަށް ބޮލިހިލަން ދިޔައްޔާ. ރީތ ސިފައެއް ލިބިފ ހުރިނަމަވެސްް ރަނގަޅު. ބޮޑު ފޫހިގަނޑެއ ހުވާ

  9. މީހާ

    ތިން ސުވާލެއްޖެ ޖަވާބު ދީފަނޫނީ ހުރިތަނުން ގުޑާވެސް ނުލެވޭނެ ދުވަހެއް އަންނާނެ. އާޝާއެވެ. އެދުވަހުން ޢާއިލާ އާއި ފޭނުން ނުތިބޭނެއެވެ. ހިދާޔަތް ހޯދުމަށް މަސައްކަތް ނުކުރާ މީހަކަށް އެމަގު ހޯދަން ދަތިވާނެއެވެ.

  10. ާނަސް

    ޢަސާ އަކަސް ބަސާ އަކަސް ރޭނީ އެކައްޗެއް !