ޚަބަރު

ބިލެތްފަހި ހިމެނޭހެން 3 ރަށެއްގައި އެއަރޕޯޓު އަޅަނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

2021 ވަނަ އަހަރު މ މުލި، ށ ބިލެތްފަހި އަދި ބ ތުޅާދޫގައި ވެސް އެއަރޕޯޓު އެޅުމަށް ނިންމާފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން ސަރުކާރުގެ ޓީވީ ޗެނަލް އިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މިދިޔަ ދެއަހަރު ތެރޭގައި މާވަރުލާއި، ކުޅުދުއްފުށި އެއަރޕޯޓުގެ މަސައްކަތް މުޅިން ނިންމާލެވިފައިވާ ކަމަށާއި، މިހާރު ފެށިފައިވާ މަސައްކަތްތަކުގެ ތެރެއިން ހއ. ހޯރަފުށީގަައި އަަޅަމުންދާ އެއާޕޯޓްގެ މަސައްކަތް މި މަހު ނިންމާ ހުޅުވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު މަޑިވަރު އެއާޕޯޓް ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

  1. ދުރުފެންނާމަނިކުފާނު

    ކަމަނާއެގޭތަ އެއްމެފުރަތަ،މަ އެޅިއެއާޕޯޓު އެޅީއައްޑޫ ގަންއެއާޕޯޓު ސުވާދީބު ސަރުކާރުން