ކޮވިޑް-19: އަލާމާތްތައް ފެނިގެން ނިލަންދޫން ނެގި ސާމްޕަލެއް ފައްސިވެއްޖެ

ގއ. ނިލަންދޫން ކޮވިޑް-19 ގެ އަލާމާތްތައް ފެނުން މީހަކު ބައްޔަށް ފައްސި ވެއްޖެއެވެ.
ނިލަންދޫ ކައުންސިލުގެ ރައީސް ނާސިޙް އިބްރާހިމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮވިޑަށް ފައްސިވެފައި ވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި، އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމީހާ އެރަށަށް ގޮސް ފަސް ދުވަސްވީއިރު، ކޮވިޑްގެ އަލާމާތްތައް ފެނުމުން ޓެސްޓު ކުރީ ކަމަށާއި ބައްޔަށް ފައްސިކަން އެނގިފައިވަނީ މިއަދު ކަމަށް ވެސް ނާސިޙް ވިދާޅުވިއެވެ.
ނިލަންދޫން މިއަދު މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، މިހާތަނަށް ރާއްޖެއިން މިބައްޔަށް ޖުމްލަ 12،154 މީހުން ފައްސި ވެފައި ވެއެވެ.
ބަލިން ފަސޭހަވީ މީހުންގެ ޖުމްލަ އަދަދު މިހާރު 11،262 އަށް އަރާފައިވާއިރު ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާރު ނިޔާވެފައިވަނީ 43 މީހުންނެވެ.