ޚަބަރު

ގޮތް ހުސްވެ، ޓްރަމްޕް ބަލި ގަބޫލުކުރައްވައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި އެގައުމުގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބަލި ގަބޫލު ކުރައްވައިފިއެވެ.

Ads by Sosun Fihaara

އިންތިހާބު ބައިޑެން އަށް ކާމިޔާބު ކުރެއްވުނު ކަން ހާމަވި ފަހުން ވެސް ޓްރަމްޕް އައީ އިންތިހާބުން މޮޅުވީ ޓްރަމްޕް ކަމަށް ވިދާޅުވަމުންނެވެ. އަދި ނަތީޖާ ގަބޫލު ކުރެއްވުމަށް ވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވާފައެވެ.

ނަމަވެސް މިއަދު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުން ބައިޑެން މޮޅުވީ ވޯޓު އޮޅުވާލައިގެން ކަމަށެވެ.

އަދި އިންތިހާބުގައި ވޯޓު އޮޅުވާލި ކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ އެއްވެސް އިންތިހާބީ އޮބްޒާވަރަކަށް ފުރުސަތު ނުދިން ކަމަށް ވެސް ޓްރަމްޕްގެ ޓްވީޓުގައި ފާހަގަ ކުރެއްވިއެވެ. އަދި ނޫސްވެރިންނާއި ޓީވީ ޗެނަލްތަކަށް ވެސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ހަގީގަތް ފޮރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދިޔައިރު ވެސް އޮބްޒާވަރުންނަށް ވަނީ ފުރުސަތު ދީފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބެއިޑެން އިންތިހާބު ކާމިޔާބު ކުރެއްވީ 306 އިލެކްޓޯރަލް ވޯޓު ހޯއްދަވައިގެންނެވެ. ޓްރަމްޕަށް ލިބިވަޑައިގަތީ އެންމެ 232 ވޯޓެވެ. އެމެރިކާގެ އިންތިޚާބީ ޤަވާއިދުގެ މަތިން ރައީސް ކަމަށް ކުރިމަތި ލައްވާ ކެނޑިޑޭޓަކު އިންތިޚާބު ކާމިޔާބު ކުރުމަށް ޖުމްލަ 270 އިލެކްޓޯރަލް ކޮލެޖް ވޯޓް ހޯއްދަވަން ޖެހެއެވެ.

 

Ads by Ooredoo
  1. ލޖކޖވވ

    ރައީސްކަމަށް ކުރިމަތިލާ މީހަކު 270 އިލެކްޓޯރަލް ކޮލެޖުގެ ވޯޓު ހޯދާކަށް ނުޖެހޭ. އެ އަދަދަށް ވޯޓު ހޯދަންޖެހެނީ ރައީސްކަމަށް ހޮވޭ މީހަކު. ރައީސްކަމަށް ކުރިމަތިލާ މީހެއް ނޫން.

    • ޙާޖީބެ

      ކުރިމަތިނުލައެއް ނުހޮވޭނެ

      • ާަަޝަމީމް

        ކޮމެންޓު ކުރަށްވާއިރު އާޓިކަލް ރަނގަޅަށް ވިދާޅުވުން މުހިއްމު

    • ޭއެމީހާ

      ރޕ ބްރޯ ރަނގަޅަށް ކިޔާފަ ރިޕްލައި ކޮށްބަލަ

    • ޢަލީ

      ބަލަގަ ހޮވޭނީ 270 ލިބިގެންނުންތަ. ކަލޭ މޮޔަ ދޯ.

  2. ހަދަން މުހައްމަދު

    ރައީސު ނަޝީދުގެ ރިކޯޑިން އެމެރިކާގެ ރައީސުގެ އުޅުންހުރިގޮތަށް ބަލާއިރު