Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މި ސަރުކާރުން މަސްވެރިންނާއި އޮޑިވެރިން މަގުމަތިކޮށްފި: މުހުތާޒް

މި ސަރުކާރުން މަސްވެރިންނާއި އޮޑިވެރިން މަގުމަތިކޮށްފި: މުހުތާޒް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މަސްވެރިންނާއި އޮޑިވެރިން މަގުމަތިކޮށްފިކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެެއެވެ.

މުހުތާޒު މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ސެޕްޓެމްބަރު ފަހު މަސް ކިލޯއެއްގެ އަގު 25ރ. އަށް ބޮޑުކުރި ނަމަވެސް، މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ފައުޒީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ނަމަވެސް މިފްކޯއިން ފަހުން ވަނީ މަހުގެ އަގު ކުޑަކުރަން މިފްކޯއިން ނިންމާފައި ނުވާ ކަމަށް ވިދާޅުވެ ބަޔާނެއްވެސް ނެރުއްވާފައެވެ.

Advertisement
HDC — Sidebar (box)

https://twitter.com/Muhuthaz/status/1721947604047823327

މިކަމަށް އިޝާރާތްކުރައްވަމުން މުހުތާޒު ވިދާޅުވީ މި ސަރުކާރުން ސިޔާސީ މަންފާއަށް މަސްވެރިކަމުގެ ސިނާއަތު ބޭނުންކޮށްފައިވާކަމަށާއި އެކަމަކީ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ދަހިވެތިކަމުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި މަސް ގަންނަ އަގަށް ގެނެވުނު ބަދަލުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ މަސްވެރިންނާއި އޮޑިވެރިންނަށްކަމަށާއި މި ސަރުކާރުގެ ނޫ އިޤްތިޞާދު މިވީ "ކަޅުވަކަރު" އިޤްތިޞާދެއްކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް