Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ޑިމޮކްރެސީގެ ބައްޕަ ހެދިގެން އުޅުނު މީހާގެ ކަންތައް ހުންނަ ގޮތް މިހާރު ފެންނާނެ: މޮސްޓާ

ޑިމޮކްރެސީގެ ބައްޕަ ހެދިގެން އުޅުނު މީހާގެ ކަންތައް ހުންނަ ގޮތް މިހާރު ފެންނާނެ: މޮސްޓާ
ޑިމޮކްރެސީގެ "ބައްޕަ" ކަމަށް ހެދިގެން އުޅުނު މީހާގެ ކަންކަން ހުރި ގޮތް މިހާރު ފެންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މޮސްޓާ މަޖިލީހުގެ ރައީީސް މުޙައްމަދު ނަޝީދަށް ފާޑުވިދުވެއްޖެއެވެ. ޗެނަލް13 އިން ގެނެސްދިން ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ، ރައީީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައި، އެމަނިކުފާނު މަޤާމުން ވަކި ކުރަން ޖެހޭތާ ކިތަންމެ ދުވަހެއް ވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން ފަދަ މުހިންމު މަސައްކަތްތައް ލަސްވެގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީީސް އަކީ ތިހާ ޑިމޮކްރެޓިކް މީހެއް ނަމަ، ކީއްވެހެއްޔޭ މި ހިސާބަށް އައި އިރު، މި މައްސަލަ މިގޮތަށް އަންބޮނޑިއަށް ލައިގެން، ކޮއްކޮއާއި ބޭބެއާއި ދެމީހުން ވެގެން މިގޮތަށް މިކަން މި ކުރަނީ؟ އަސްލު ޤާނޫނީ ހުސްކަމެއްގެ ތެރޭގައި ޤައުމު މި އޮތީ." މޮސްޓާ ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ތިން ބާރުން އެއް ބާރު މިހާރު އޮތީ ކެނެރީގޭގައި ތާށިވެފައި ކަމަށާއި، ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ، އިވާ މަޖިލީހަށް ސަލާމް ވިދާޅުވަމުން ގެންދަވަނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް އޭނާ ޤަބޫލު ނުކުރައްވާ ކަމަށެވެ.    

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް