އައު ސަރުކާރުން ވަޢުދު ފުއްދަވާނެކަން ޔަޤީން: ނާޒިމް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ޕީޕީއެމް/ޕީއެންސީ އާއިއެކު ކޯލިޝަން ހަދައިފައިވާ އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އައު ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފަށް މަރުޙަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވި ގޮތުގައި އޭނާގެ އުއްމީދަކީ ދިވެހި އެންމެހައި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވެގެންދިޔުމެވެ.
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި އެމަނިކުފާނުގެ ނައިބަށް އިޙުލާސްތެރިކަމާއެކު ތަހުނިޔާ އާ މުބާރިކުބާދީ ދަންނަވަން. މީގެ އިތުރުން އާ ސަރުކާރަށް އައްޔަން ކުރެވުނު އެންމެހާ ކެބިނެޓު މެމްބަރުންނަށް މަރުޙަބާ ދަންނަވަން.“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މިފަދައިން ވިދާޅުވިއިރު އޭނާ ރައީސްކަން ކުރައްވާ އެމްއެންޕީގެ މެމްބަރު އަޙުމަދު އުޝާމަށް ވަނީ މި ސަރުކާރުގެ ބަންޑާރަ ނައިބުގެ މަޤާމު އަރުވައިފައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ޝަރުޠަކާއި ނުލައި ރައީސް މުޢިއްޒުއަށް ތާއީދު ކުރި އެމްއެންޕީއަށް ސަރުކާރުގެ އިތުރު މަޤާމުތައް ވެސް ލިބޭނެ ކަމަށް ބެލެވެއެވެ.







ކޮމެންޓް