Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި، އާ ސަރުކާރުން އިސްކަންދެއްވާ މުހިންމު ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އަދި ޞިއްޙީ ޚިދުމަތުގެ ރޮނގުން މިފަހަކަށް އައިސް ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީނަމަވެސް، އަދިވެސް ގިނަ ގޮންޖެހުންތަކުން އަރައިގަންނަން ޖެހިފައިވާ ކަމަށާއި މި ހުރަސްތަކުން އަރައިގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ

Advertisement
Allied — Dhen Online (box)

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިތުބާރުހުރި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދެއްވުމަށް ބޮޑު އަހަންމިއްޔަތުކަމެއް ސަރުކާރުން ދެއްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ޞިއްޙީ ސްޓްރެޓެޖީތައް ތަންފީޒުކުރުމަށާއި، ދުނިޔޭގެ ޞިއްޙީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަލޭންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޔުނިވަރސަލް ޑިސެމްބަރު މަހުގެ 75 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަތީ ފަންތީގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް