ޚަބަރު

ކުކުޅު ފިހާރަ އަހަރު ނިންމާ ޕްރޮމޯޝަން: މި ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުކުޅު ފިހާރައިން ކުރިއަށް ގެންދަމުންދާ "އިޔާ އެންޑް ޕްރޮމޯޝަން" ގެ ތިންވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

Ads by Sosun Fihaara

މި ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައި ވަނީ "ސައުޝަން" އެވެ.

މި ޑިސެންބަރު މަހުގެ 30 ވަނަ ދުވަހުގެ ގެ ނިޔަލަށް ކުރިއަށްދާ "2020" ނިންމާ ޕްރޮމޯޝަން ގައި ބައިވެރިވުމަށް ކުކުޅު ފިހާރައިގެ ޕޭޖްގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާ ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެއެވެ.

މި ޕްރޮމޯޝަންގެ ފަރާތުން ކޮންމެ ހަފްތާއެއްގެ ވެސް ނަސީބުވެރިއެއް ފަރާތަކަށް އިނާމަކަށް ގަސް އިންދުމަށް ބޭނުންވާ ސާމާނުގެ "ގިފްޓް ޕެކެއް" ލިބޭނެއެވެ.

ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެ ފިހާރައިން އަންނަނީ އަބަދުވެސް ކަސްޓަމަރުންނަށް އަމާޒުކޮށް، ތަފާތު އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.

ކުކުޅު ފިހާރައަކީ ގިނަ އަދަދެއްގެ ފިނި ކުރި ސާމާނު އެންމެ އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފިހާރައެވެ. އެ ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު ހިލޭ ކޮށައި ދިނުމާއި ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށް ދެއެވެ.

ކުކުޅު ފިހާރައިން ނިމުނު މަހު ވަނީ ގަސް އިންދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަން ފަށައިފައެވެ. މިކަމާއި ގުޅޭ ގޮތުން ކުކުޅު ފިހާރައިން ބުނީ ، މިކަމަކީ ކުކުޅު ފިހާރައިގެ އީމޯލްއިން އެ އިރެއްގައި އެންމެ ޑިމާންޑް ބޮޑު އެއްޗެއް ލިބުމުގެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.

"ކުކުޅު ފިހާރަ"އިގެ ހަ ތަނެއް ހުރެއެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގައެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ. 4 ވަނަ ފިހާރަ އއ. ތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. މީގެއިތުރުން "ކުކުޅު ފިހާރަ"އިގެ ހަ ވަނަ ފިހާރަ ހުންނާނީ ރ. މަޑުއްވަރީ ގައެވެ.

ޑެލިވަރީ ކުރަން ހުޅުމާލެ އިން ނަމަ 9666575 އަށް، މާލެއިން 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!