ރިޕޯޓްސައުދީ ކަދުރު ދިވެހިން ބޭނުމެއް ނޫން، ގައްޒާ އަށް ފޮނުވާލަން ގޮވާލަނީ

ޢައްޒާގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދަނީ ދަށަށެވެ. އިސްރާއިލްގެ ބާރުގަދަ ހަމަލާތަކުން އިމާރާތްތައް ސުންނާފަތިވުމުގެ އިތުރުން އެތަނުގެ ރައްޔިތުން ދަނީ ބަނޑަށް ޖެހެމުންނެވެ. ބަނޑުފުރާ މުއްތިކުރާނެފަދަ ނުލިބި މަރުވާ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް ގިނަވެއެވެ. ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލައި، ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހްތުން ދިރިއުޅޭ ހާލު ބަލާލާއިރު، މި ފެންނަނީ ކާން ނުލިބިގެންނާއި، ސާފު ބޯފެން ނުލިބިގެން އެތައް ބަޔަކު ހިކި އަނަރޫފަވެ، އެ ވޭނަށް ކެތްނުވެގެން މި ދުނިޔެ ދޫކޮށްދާ މަންޒަރެވެ. މިއީ ބަލަން ކެތްވާ ވަރުގެ މަންޒަރެއް ނޫނެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް މިއަދު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖެހުން ހުއްޓުވޭނީ ގިނަ އަދަދަކަށް ކާބޯތަކެތި އެތެރެކުރެވިގެން ކަމަށެވެ. އަދި މިކަން ވާނީ އެއްގަމު މަގުން ކާބޯތަކެތި ފަލަސްތީނަށް އެތެރެކުރެވިގެން ކަމަށެވެ.
https://twitter.com/ShaykhSulaiman/status/1771114345248026759
އިތުރަށް ޓެޑްރޮސް ވަނީ ފަލަސްތީނުގެ މުޅި ޖީލު އޮތީ ނުރައްކަލެއްގައިކަން ފާހަގަކުރައްވައި، ފެނާއި، ކާބޯތަކެތި އަދި ބޭސް އެތެރެކުރުމަށް މަގު ހުޅުވައިދިނުމަށް އެދިފައެވެ. ކުރު ގޮތަކަށް މި ކިޔާދިނީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ހާލެވެ. އެތަނުގެ ރައްޔިތުންނަށް އެހީވުމަށް އަރަބި ގައުމުތަކުން ތެދުވާ މަންޒަރެއް ނުފެނެއެވެ.
https://twitter.com/QudsNen/status/1770492907910201606
ކަން މިހެން އޮތްވާ، ސައުދީ އަރަބިއާގެ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ވަނީ ހަދިޔާކޮށްފައެވެ. މިކަމާއި ގުޅިގެން ގިނަ ދިވެހިން އަންނަނީ ސޯޝިއަލް މީޑިއާގައި އެ ކަދުރު ބޭނުންނުވާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ. "ޢައްޒާ ބަނޑަށް ޖައްސާފައި ހިލޭ ދޭ ކަދުރެއް ބޭނުމެއް ނޫން،" ސޯޝަލް މީޑިއާގެ ގިނަ ޕޯސްޓުތައް ބުނަނީ މިހެންނެވެ.
https://twitter.com/HajjaUaan/status/1771215350689894432
ސައުދީ ސަރުކާރުން ދިން ކަދުރު ދިވެހިން ބޭނުންނުވަނީ ކީއްވެ؟
ސައުދީ އަރަބިއާ އާއި އިސްރާއިލް ސަރުކާރާދެމެދު ހާރިޖީ ސިޔާސަތުގެ ގުޅުން ކެނޑިގެނެއް ނުދެއެވެ. މިދިޔަ ހައްޖު މޫސުމުގައި މައްކާގެ ސެކިއުރިޓީ މަސައްކަތުގައި ވެސް އިސްރާއިލްގެ ކުންފުނިތަކުން ހަރަކާތްތެރިވީ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.
މީގެއިތުރުން ސައުދީ ސަރުކާރުން ވަނީ، ސައުދީ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ހަދިޔާ ބަދަލުކޮށް، އެހީވުން މަނާކޮށްފައެވެ. އަދި ސައުދީގެ މިސްކިތްތައް، ހާއްސަކޮށް މައްކާ އަދި މަދީނާގެ މިސްކިތްތަކުގެ އިމާމުންނަށް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދުއާ ކުރުން މަނާކޮށްފައެވެ. މިއިން ކަމެއް ކޮށްފިނަމަ، އެ މީހަކު ހައްޔަރުކޮށް، ފިޔަވަޅު އަޅަމުންދެއެވެ.
ސައުދީ ސަރުކާރުން މިހެން ކަންކުރުމަށް ފަހު، ރާއްޖެއަށް ކަދުރު ހަދިޔާ ކުރުމުން ދިވެހިންގެ ނަޒަރު އެނބުރުނީ ހިތާމަޔާއި ތަކްލީފުން ފުރިފައިވާ ފަލަސްތީނުގެ ރައްޔިތުންނާއި ދިމާލަށެވެ. ފަލަސްތީނުގެ ރައްޔިތުން ނިކަމެތިކޮށްލި އިސްރާއިލަށް އެކި ގިތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހު، ސައުދީއިން ރާއްޖެއަށް ކަދުރު ހަދިޔާކުރުމުން އެ ދިވެހިން ބޭނުން ނުވީއެވެ.
https://twitter.com/AliIbra713/status/1771119665000972302
"ޢައްޒާ ބަނޑަށް ޖައްސާފައި، އިސްރާއިލްއޭ ކިޔުނު ޓެރަރިސްޓުންނަށް ސައުދީ ސަރުކާރުން އެކި ގޮތްގޮތުން އެހީ ފޯރުކޮށްދީފައި، ދެން އެމީހުންގެ ޙާއިނުކަން ފޮރުވަން އެހެން ގައުމުތަކަށް ހިލޭ އެހީގެ ގޮތުގައި ބަހާ ކަދުރު އަހަރެން ބޭނުމެއް ނޫން،" ދިވެއްސަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
https://twitter.com/axvastaine7/status/1771202108588478920
ދިވެހިން ބޭނުންވަނީ، ސައުދީ ސަރުކާރުން ހާދިޔާކުރާ ކަދުރު ފުރަތަމަ ފަލަސްތީނަށް ފޮނުވުމެވެ.
އދގެ ބަނޑުހައި ހޫނުކަން މޮނިޓަރ ކުރާ އެޖެންސީއިން ވަނީ ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދަނީ އެންމެ މަތީ ދަރަޖައިގެ ބަނޑުހައިހޫނުކަން ކަމަށް ކަށަވަރު ކޮށްދީފައެވެ. އެ އެޖެންސީއިން ބުނީ އެހެން އެއްވެސް ގައުމެއްގައި، މި ދަރަޖައިގެ ބަނޑުހައިހޫނު ކަމަކާއި މިހާތަނަށް ކުރިމަތިލައިފައިނުވާ ކަމަށެވެ.
ކޮމެންޓް