ލައިފްސްޓައިލް

އެކަކު އަނެކަކާ ދިމާ ކުރާ ބައިވެރިން މާ އުފާވެރި: ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

އެކަކު އަނެކަކާ ދިމާކުރާ ބައިވެރިން، ހަޔާތުގައި މާ އުފާވެރިކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by MWSC

މި ދިރާސާއިން ދައްކާ ގޮތުގައި އެކަކު އަނެކެއްގެ މަޖާ މިޒާޖަކީ ބައިވެރިޔާއާ އޮންނަ ގުޅުން ބަދަހި ކުރުވާ ކަމެކެވެ.

ޔުނިވާސިޓީ އޮފް ކަންސާސްއިން ހެދި މި ދިރާސާއިން ދައްކާ ގޮތުގައި ބައިވެރިޔާގެ ސަކަ މިޒާޖާއި ޖޯކުތަކަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އަދި އަޅައިގަންނަ ސިފައެކެވެ. އަދި ދެ މީހުންގެ ގުޅުމުގައި މި ފަދަ ސަކަ މިޖާޖެއް ގެންގުޅޭ ނަމަ ހަޔާތް މާ އުފާވެރިވެފައި ހިތްހަމަ ޖެހުން އިތުރުވާ ކަމަށް ދިރާސާއިން ދައްކައެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ފަރާތްތަކުން ވަނީ އިތުރު 39 ދިރާސާއެއް ދިރާސާކޮށްފައެވެ. 30 އަހަރުގެ ތެރޭގައި 15000 ވުރެ ގިނަ ބައިވެރިން މި ދިރާސާތަކުގައި ބައިވެރިވެފައިވެއެވެ.

ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ދިރާސާގައި ސައިންސްވެރިންނަށް ފާހަގަވި އިތުރު ކަމަކީ މަޖާ ބައިވެރިއެއް ހޯދުމަށް ވުރެ އެމީހެއްގެ މިޖާޒާއި ސަކަ ކަމާއި ގުޅޭ ބައިވެރިއެއް ހޯދުން މުހިންމު ކަމަށެވެ.އަދި މިފަދަ މަޖާ ސަކަ މީހުންނަށް އަވަހަށް ހިތް ދެވޭ ކަމަށް ވެސް މި ދިރާސާއިން ހާމަވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!