Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ރައީސްގެ ފޮޓޯ ނެގި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ރައީސްގެ ފޮޓޯ ނެގި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ރޭ ޖުމްހޫރީ މަައިދާނުގައި ބޭއްވި އިވެންޓްގެ ތެރެއިން ސިފައިން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޮޓޯ ނެގި އިންޑިއާގެ މީހަކު ހައްޔަރުކޮށްފިއެވެ.

ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރޭ ބައިވެރިވެވަޑައިގެންނެވީ ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން އަލުން ދިއްލުމަށް ބޭއްވި ހަރަކާތުގައެވެ.

ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ ފޮޓޯ ނެގި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ބިދުލާލް ނަމަކަށް ކިޔާ އިންޑިއާ ފިރިހެނެކެވެ.

Advertisement
HDC — Sidebar (box)

ކޯޓު އަމުރުގައިވާ ގޮތުން އިވެންޓް ކުރިއަށްދިޔައިރު ބަންދުކޮށްފައި އޮތް ސަރަހައްދަށް ވަންނަން ބިދުލާލް މަސައްކަތްކުރިއެވެ. އެއީ ބަންދުކޮށްފައިވާ ސަރަހައްދަކަށްވާތީވެ ސިފައިން، އެ މީހާ އެތަނުން ފޮނުވާލިއެވެ. ފޮނުވާލުމުން އަނެއްކާވެސް އެ ސަރަހައްދަށް ވަދެ ރައީސްގެ ފޮޓޯ އޭނާ ނެގިއެވެ.

އެ މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުންވަނީ ޝަރުތުކޮށް ދޫކޮށްލާފައެވެ.

ބަންދުން ދޫކޮށްފައިވަނީ ކުށްކުރިކަމަށް ބެލެވޭ ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައިވީ ނަމަވެސް ބަންދުގައި ބެހެއްޓުމަށް ގާނޫނުގައި ބަޔާންކުރާ ވަރަށް ހެކި ނެތުމުންނެެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް