ފޮޓޯއިން ފެނިގެން އެދަނީ ކާކުކަން އެނގިއްޖެޔާ ހައިރާންވާނެކަން ޔަގީން!

މަތީގައި އެވާ ފޮޓޯއިން ފެނިގެން އެދަނީ ގިނަ ބަޔަކު ދަންނަ މޫނެކެވެ. ގިނަ ފިރިހެނުންގެ ހިތްތަކުގައި ރަނިކަން ކުރަމުން ދާ ރާނީއެކެވެ. އެފޮޓޯ އިން ބައެއް މީހުންނަށް އެއީ ކާކުކަން އެނގުނު ނަމަވެސް ގިނަ މީހުންނަށް އެއީ ކާކުކަން ދެނެގަންނަން ވަރަށް އުނދަގުލެވެ.
ސަބަބަކީ އޭނާގެ އޭރުގެ މި ފޮޓޯއާއި އަޅާކިޔާއިރު، އެތައް ހާސް ތަނެއް ތަފާތުވުމުގެ ސަބަބުންނެވެ. އުމުރުން ދުވަސް ވުމުގެ ސަބަބުންނާއި، އެހެނިހެން ގޮތް ގޮތުން އައިސްފައިވާ ބަދަލުތަކުގެ ސަބަބުންނެވެ.
އާދޭހެވެ. އެއީ ބޮލީވުޑުގައި ފިޔަޖަހަމުން އަންނަ ފިލްމީ ތަރިކަމުގައިވާ ރާނީ މުކަރުޖީއެވެ. ރާނީ އަކީ ބޮލީވުޑުގެ ވަރަށް ފަހުން ވެސް ބައެއް ފިލްމުތަކުން ފެނިގެން ދިޔަ މޫނެކެވެ. އޭނާ ގެ ހިތާމަ ވެރި ސީނެއް ބަލާ ނުރޯ މީހަކާއި ހެއްވާ ސީނެއް ބަލާ ހީހީ ހަލާކުނުވާ މީހެއް މަދެވެ.

އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ކުޗްކުޗް ހޯތާހޭ، އަދި ހިޗްކީ ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ.
ކޮންކަމަކާާ ހައިރާންވާންވީ
ހައިރާން ނުވި ،މިވަގުތު ކޮޅު ގެ އަގުދޭންވާނެ އެހެންވީމައި…..
ވަގުތަކީ ވަރަށް މުހިންމު އެއްޗެއްް
ހައިރާން ވާނޭ ކިއައިގެން މިކަހަލަ ބޭކާރު
އެއްޗެހިނޫސްތަކުގަ ޖެހުން ހުއްޓާލާނީ ކޮންދުވަހަކުން؟؟
ނޫހުގަ ލިޔާނެ އެއްޗެއްނެތީތް
ހެއްހެއްހެއް. މިވެސް ދެން ޚަބަރެއް؟
ކޮންމެވެސް ބޭރު ނޫހަކުން ނޫނީ މެގަޒިން އަކުން އާރޓިކަލް އެއް ދިވެހި ބަހަށް ތަރުޖަމާކޮށްފަ އަދި ނުވިތާކަށް އެލިޔުނު ފަރާތަށް އެއްވެސް ކްރެޑިޓެއްނުދީ ކޮން ސަކަރާތެއް ތި ޖަހަނީ