ޚަބަރު

ޒިޔަތަށް ހުކުމް ކުރަން އޮތް ޝަރީޢަތް ކެންސަލް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޢަބްދުﷲ ޒިޔަތު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާތަކަކަށް ޚިޔާނާތްތެރިވިކަމަށް ޝަރީޢަތުގައި އަމިއްލައަށް އެއްބަސްވެ ވަޑައިގަތް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އެދުނު ގޮތަށް ކުޑަ ޙުކުމެއް އިއްވުމަށް މިއަދު ބާއްވަން ތާވަލް ކުރި ޝަރީޢަތް ކެންސަލް ކޮށްފިއެވެ.

Ads by MWSC

މިއަދު ހެނދުނު 10:30 ގައި ބާއްވަން ތާވަލު ކުރި ޝަރީޢަތް ކެންސަލް ކޮށްފިކަން ކްރިމިނަލް ކޯޓުން އަންގާފައިވަނީ މެންދުރު 12:00 ޖެހި ފަހުންނެވެ. ނަމަވެސް އެޝަރީޢަތް ކެންސަލު ކުރި ސަބަބެއް ކޯޓުން ހާމަ ކޮށްފައެއް ނުވެއެވެ.

ދައުލަތުގެ ފަރާތުން ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ 32 ދައުވާއެއް ވަނީ އުފުލާފައެވެ. އެހުރިހާ ދައުވާއަކަށް ވެސް ޒިޔަތު ވަނީ އިއުތިރާފް ވެފައެވެ. އެގޮތުން ދައުތަށް ލިބެންޖެހޭ 50.7 މިލިއަން އެމެރިކާ ޑޮލަރު (781 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެިވިކަމަށް ޒިޔަތު އިއުތިރާފުވެފައިވެއެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކަށް ވެސް ޒިޔަތު އިއުތިރާފުވި ނަމަވެސް، ދައުލަތުން ޝަރީޢަތުގައި އެދިފައިވަނީ އޭނާގެ މައްޗަށް 11 އަހަރުގެ ހުކުމެއް އިއްވުމަށެވެ. އެދައުވާތަކަށް ޒިޔަތު އެއްބަސްވީ ދައުލަތާއި އޭނާއާ އެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއެއް ވަކިވަކިން އިއްވުމުން ޒިޔަތު ވަނީ އެ ދައުވާތަކަށް އިއުތިރާފްވާ ކަމަށް ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!